ޚަބަރު

މަޖިލީހުގެ ދައުރު ދިގު ކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރު މިއަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް ދުވަސް އިތުރު ކުރަން ނިންމާފައިވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ފާސްކުރުން ފަދަ މުހިއްމު މަސައްކަތްތައް ނިންމުމަށް، މަޖިލީހުގެ ދައުރު މިއަންނަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހަށް އިތުރު ކުރަން މިއަދު ވޯޓަށް އައްސަވާނެ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ތިން ވަނަ ދައުރު ހިނގާނީ އޯގަސްޓް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސް ކުރުމަށްޓަކައި މިއަދު ޖަލްސާއެއް ވަނީ އެޖެންޑާކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ އިތުރުން، އަންނަ އަހަރަށް އާމްދަނީ އިތުރު ކުރުމަށްޓަކައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތައާރަފުކުރަން ނިންމައި، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތްވެސް އަދި އޮތީމަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close