ޅެން ހެޔޮލަފާ ބަޔަކަށް ވާށެވެ.

ހެޔޮލަފާ ބަޔަކަށް ވާށެވެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިތަނުގައި ޞުލްޙަވެރި ބަޔަކަށް ވެގެން އުޅެވެން ޖެހޭއިރުގައި،

                މިތަން މިގޮތަށްވެ ބައިބައިވުން ނުވޭހެއްޔޭ ބިރެއްކަމުގައި.

ހިފާ ކަރުމަރު ސިޔާސަތުގައި ތަޅާފޮޅަމުން އެދާއިރުގައި،

                 ނިފާޤުގެކުލަ ހިތުގައިޖެހިގެން ދަނީ ބެހެމުންނެ ކޮޅިގަނޑުގައި.

މިއީ މުސްލިމު ބައެއްކަމުގައި ވެގެންއެކުވެރި އުޅެންއޮތްއިރު،

                 ދަނީ މަގުއޮޅި ޙަސަދަލައިގެން ފެޔަށް ދިނާ ވެދާގޮތުގައި.

ބަހާ ޢަމަލާ ދިމާކުރުމަށް އުޅޭމީހަކު ނުވެސްފެނެޔޭ،

                 ކިހާ ދެރަހޭ މިހެން ވާކަން މިތާ މުސްލިމް ޖަމާޢަތުގައި.

ކުރަން ރޯ ފިތުނަވެރި އަލިފާން ބަލާނުމެލާ ކަމުގެ ޒާތަށް،

                 ކުރަން ބޭނުންވި މުހުތާދެއް ތިމާ ފުއްދަން އުޅޭއިރުގައި.

މިއީ ވަގުތީ ތަނެއްކަން އެނގި އުޅޭނަމައީ އެގޮތުގެމަތިން،

                 ނަހީއާ ގާތް ނުވާނެކަމީ ޔަޤީން ކަމެކޭ އެނގޭގޮތުގައި.

ނުބައި ޢަމަލުން ހެވެއް ލިބުމެއް އެއީ ކަންއޮތް ގޮތެއް ނޫނޭ،

               ނުބައި ރަނގަޅަށް ބަދަލުވެދަނީ ވުމުން ތައުބާ ވި ހެޔޮގޮތުގައި.

ކުރާށޭ ހެޔޮވިހާ ޢަމަލެއް ނަޖާ އެދިގެން ހަތަރުދަމުގައި،

                ފުރާނަހަށިން ނުދާހާއިރު ދުޢާކުރަމުން ވިހެޔޮގޮތުގައި.

ފެޔަށް ދާށޭ ކޮރަޕުޝަންއާ ނުބައި ގިނަގުނަވި ފާފަތަކާ،

               ވަޔަށްދާހެން ހިނގައިދާނޭ ނުލިބިއަޖުރެއް ވިހެޔޮކަމުގައި.

ލިބޭދުހުގައި ތިބާކުރިހާ ޢަމަލުތަކުފަތް ތިބާގެ އަތަށް،

               ލިބޭ ވަގުތުން ހިސާބު ތިބާ ކުރަންޖެހެޔޭ އެސާޢަތުގައި.

އެތާ އިންޞާފު ލިބެވޭހިނދު ނުވާނެއޮޅުން ޢަމަލުތަކުގައި،

               އެތާ ގުނަވަން ބުނާނެއެދުހު ދެމުންހެކިބަސް އެކުރިގޮތުގައި.

ތިބާޔާ ބަރުޒަޚުން ބައްދަލު ކުރާ މަލަކުން ސުވާލުތަކަށް،

               ތިބާޖެހެޔޭ ޖަވާބުދެވެން އޮޅުންނާރާ ރަނގަޅު ގޮތުގައި.

މިއިން ކަމަކުން ނުރެކެވޭނޭ ތިބާ ޖާހުން ކިތަންމެމޮޅަސް،

               މިހެން ކަންތައް ހިނގާނެކަމީ ޔަޤީންކަމެކޭ އެނގޭގޮތުގައި.

ޞިރާޠުލް މުސްތަޤީމު އޮތީ ދިމާޔަށް ސީދަލަށް  ފެންނަން،

               ހިނގާދާށޭ ވިތެދުމަގުގައި ވުމެއް ކަސިޔާރު ނެތް ގޮތުގައި.

ޓެގް

ހިތްފަހި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.