ޚަބަރު

މިއަދު ޕޮޒިޓިވް ވީ 41 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 41 މީހުން ޕޮޒިޓިވްވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުައްވައފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން، 30 މީހުންނަކީ ދިވެހިންނެވެ. އަދި 11 މީހުންނަކީ ބިދޭސީންނެވެ. އޭގެތެރެއިން 35 މީހުންނަކީ ގުރޭޓާމާލެ އޭރިއާއިން ޕޮޒިޓިވްވި މީހުންނަށް ވާއިރު، އަތޮޅުތަކުން 6މީހުން ޕޮޒިޓިވްވެފައި ވެއެވެ.

މިއާއިއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،355 އަށް އަރާފައެވެ. މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 915 އެވެ. އޭގެ ތެރެއިން، 63 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، 317 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މީހުން ދިރިއުޅޭ 9 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވް މީހުން ތިބި އިރު، 28 ރިޒޯޓެއްގައި 52 ޓުއަރިސްޓުންނާއި، 88 މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ، 11،388 މީހުންނެވެ. އޭގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 72 މީހުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close