ޚަބަރު

މަލީހުވެސް މަޤާމުން ދުރުކުރަނީ

ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށްބުނެ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް ދިނުމަށް އެދި ސަރުކާރު މައިޕާޓީ އެމްޑިޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފި އެވެ.

10 މެމްބަރަކު ސޮއިކުރައްވާ މި މައްސަލަ ޕީޖީ ގްރޫޕަށް ހުށައެޅީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައިލް ނަސީމްއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕަށް ހުށައެޅި މައްސަލާގައި ބުނެފައިވަނީ، ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރ މަލީހު ހަދާފައިނުވާ ކަމަށެވެ. އަދި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ނުހެދި ލަސްވާ ކޮންމެ ދުވަހަކީ ދައުލަތަށާއި، ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާ ހިނދު މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައި ނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އެހެންކަމުން މަލީހު އިތުރަށް ބެހެއްޓުމަކީ އެމްޑީޕީ އަށް އިތުބާރު އޮތް ކަމަކަށް ނުވާތީ އާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދުމުންދާތީ މަލީހު މަގާމުން ވަކިކުރަން ހުށައަޅާ ކަމަށެވެ.

މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިމިވަނީ ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން މަލީހު ދެއްކެވި ވާހަކަފުޅަކަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ހުކުރު ދުވަހު ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގުމުގެ ކަންކަމުގައި މެމްބަރުން އުޅުއްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުންގެ އަމަލުތައް އެއާ ހިލާފުކަން މަލީހު ފާހަގަކުރެއްވި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close