ޚަބަރު

މަރުގެ އަދަބު މުޅިން އުވައިލެވޭނީ އާންމުންގެ ޚިޔާލު ވެސް ހޯދައިގެން – ބަންޑާރަނައިބް

ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މަރުގެ އަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށް ބަންޑާރަނައިބް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އެހެން ވިދާޅުވީ، އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖެ އިން ކުރާ މަސައްކަތް މުރާޖައާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި މަރުގެ އަދަބު އުވައިލަން ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތަކަށް ޖަވާބުދެއްވަމުންނެވެ.

އެހެން ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް އެކަން ނުކުރެވޭނެ ކަމަށާއި މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒު ކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ. އަދި މަރުގެ އަދަބު ނައްތައިލަން ކުރާ ކުރާ މަސައްކަތްތައް ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ބަންޑާރަ ނައިބު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒު ކުރުން ނުރަސްމީކޮށް ހުއްޓާލާފައި އޮތް އޮތުުން ދަމަހައްޓަން ސަރުކާރުން ވެފައިވާ ވައުދު ދަމަހައްޓާނެ ކަަމަށެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިންމު ކަމެއް ކަމަށް ވެސް ބަންޑާރަ ނައިބު ފާހަގަ ކޮށްފައިވެއެވެ.

މިބައްދަލުވުުމުގައި ބައިވެރިވި ބައެއް ގައުމުތަކުން ވެސް ރާއްޖެ އަށް މަރުގެ އަދަބު ނައްތައިލުމަށް ވަނީ ގޮވާލާފައެވެ. އޭގެ ތެރޭފައި ސްޕެއިނާއި ސްވިޓްޒަލެންޑް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close