ޚަބަރު

ހޯމް މިނިސްޓަރގެ ނޯޓިސް އަންގާރަދުވަހު ފޮނުވަނީ

މިނިސްޓަރ އޮފް ހޯމް އެފެއަރޒް އައްޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ފެށުމުގެ ކުރިން ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް އަންގާރަ ދުވަހު ފޮނުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު ކޯލިޝަނުން ހުށައަޅާފައިވާ މި މައްސަލަ އާއި ގުޅިގެން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލައާއި މެދު މަޖިލީހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން ދޭން ޖެހޭ ނޯޓިސް ވަޒީރަށް ފޮނުވަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އަންގާރަ ދުވަހު އެ ނޯޓިސް މިނިސްޓަރަށް ފޮނުއްވާނެ ކަމަށެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ އެޖެންޑާކުރެވި، މަޖިލީހުގައި ބަހުސް ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މިއަދު ވަޒީރަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވުމުން އެ މައްސަލަ މި މަޖިލީހުގަ އެޖެންޑާކުރެވޭނެ. ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. ޝެއިހް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅުއްވާފައިވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close