ޚަބަރު “ކޮވިޑް ހުއްޓުވާނީ އަހަރެން”ގެ ނަމުގައި މީޑިއާ ކެމްޕޭނެއް ފަށައިފި

“ކޮވިޑް ހުއްޓުވާނީ އަހަރެން”ގެ ނަމުގައި މީޑިއާ ކެމްޕޭނެއް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ހުރިހާ މީޑިއާތަކެއް ގުޅިގެން “ކޮވިޑް ހުއްޓުވާނީ އަހަރެން”ގެ ނަމުގައި މީޑިއާ ކެމްޕޭނެއް ފަށައިފިއެވެ.

ރޭ މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕޭން ފައްޓަވައިދެއްވީ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

މި ކެމްޕޭނު ފައްޓަވައިދެއްވަމުން ރައީސް ސޯލިހް ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިންނަކީ ގައުމީ ކަންކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެއްކަން ފާހަގަކުރެއްވިއެވެ. އަދި ނޫސްވެރިން އެއް އަޒުމެއްގައި ނިކުމެއްޖެ ނަމަ އެކަމެއް ނޫސްވެރިން ހާސިލުކުރާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނުގެ ސްޓިއަރިންގް ކޮމިޓީން މައުލޫމާތުދެއްވާގޮތިގައި، މި ކެމްޕޭނަކީ ރާއްޖޭގެ، ޕްރިންޓް، އޮންލައިން، ޓީވީ އަދި ރޭޑިއޯ މީޑިއާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ފަށާފައިވާ ކެމްޕޭނެކެވެ.

މި ކެމްޕޭނުގައި ކޮވިޑާ ދެކޮޅަށް، އަދި ދިވެހިން އިތުރަށް ހޭލުންތެރި ކުރުމަށް މީޑިއާތަކުން ގުޅިގެން ޚާއްޞަ މަސައްކަތްކުރާނެ ކަން އެ ކޮމިޓީން ފާހަގަކުރެއެވެ. އަދި ކޮންމެ މީޑިއާއަކުންވެސް ކޮވިޑަށް ޚާއްޞަ ރިޕޯޓްތަކާއި، ވީޑިއޯ އާއި، އެކިއެކި އިވެންޓްތައް ކުރިއަށްވުރެ ފުރިހަމައަށް ގެނެސްދޭނެކަމަށްވަނީ ބުނެފައެވެ.

ޓެގް

މީޑިއާ ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.