ޚަބަރު

ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަން ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

މަގުހެދުމުގެ މަސައްކަތްތައް ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އަލަށް އުފައްދަވާފައިވާ ކުންފުނި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗެއަރމަން ކަމަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

 

އެ މަގާމަށް އައްޔަންކޮށްފައިވަނީ ގއ. ދެއްވަދޫ ނަސްރީނުގެ، އަބްދުﷲ އަފީފްއެވެ. އަފީފް އަކީ އަމިއްލަ ވިޔަފާރި ކުރައްވަމުން ގެންދަވާ ބޭފުޅުކެވެ. އޭނާ އަކީ އެމްޑީޕީގެ ގެމަނަފުށީ ދާއިރާގެ ރައީސެވެ.

 

އާރުޑީސީއަކީ، މަގު ހެދުމުގެ މަސައްކަތްތައް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދާފައިވާ އައުއ ކުންފުންޏެކެވެ. އާރުޑީސީގެ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، ބްރިޖްތައް ތަރައްގީކޮށް އެ ތަންތަން ބެލެހެއްޓުމެވެ.

 

މި ކުންފުނީގެ މަސައްކަތްތައް ކުރިން ކުރަމުން ދިޔައީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަނުންނެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގެ ދުވަސްވަރު އެ ކުންފުނި އުވާލުމަށް ފަހު، އެ ކުންފުނީގެ ހުރިހާ މަސައްކަތަކާއި މުވައްޒަފުން ވަނީ އޭރުގެ ހައުސިންގ މިނިސްޓްރީ ދަށުން ހިންގަމުން ދިޔައީ ޕަބްލިކް ވަރކްސްގެ ދަށަށް ބަދަލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close