އަދީބުގެ ދަޢުވާތައް ބާތިލް ކުރަން ނިންމެވި ޤާޟީގެ މައްސަލަ ބަލަނީ
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދަޢުވާ ކްރިމިނަލް ކޯޓުން ބާޠިލްކުރުމަށް ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދު ނިންމެވުމާއި ގުޅިގެން ޤާޟީގެ ސްލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ނިންމައި އެމައްސަލަ ބަލާނެ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާވެސް ބާތިލް ކަމަށް ޤާޟީ ނިންމެވި ހުކުމަށް ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމްވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެޙުކުމުގައި ފާހަގަވި ކަންކަކަމަށް ބަލައި ޤާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށައަޅަން ނިންމިކަން ހާމަކުރައްވާފައެވެ.
ޕީޖީ ޝަމީމް ވަނީ ދަޢުވާތައް ބާޠިލްކުރައްވަން ގާޒީ ކުރެއްވި ހުކުމުގައި ދައުލަތުން ހުށަނާޅާ ލިޔުންތަކަކަށް ރިޢާޔަތް ކުރައްވާފައިވާއިރު އެއީ ކޮން ގޮތަކުން ޤާޒީއަށް ލިބިވަޑައިގެންނެވި މަޢުލޫމާތުތަކެއްކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން ވިދާޅުވީ މިއަދު ބޭއްވި އެކޮމިޝަނުގެ 7 މެންބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި ޤާނޫނުގައި ވާ ފަދައިން، އެ މައްސަލަ ބެލުމާއި މެދު ގޮތެއް ނިންމާ ކޮމިޓީން ބެލުމަށްފަހު، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދު ކްރިމިނަލް ކޯޓުގެ ބައެއް ޤަޟިއްޔާތަކުން ބެލި މައްސަލައިގައި، ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅާފައިވާ މައްސަލަ ބެލުމަށް ތަޙުޤީގު ކޮމިޓީއެއް އެކުލަވާލާފައިވާކަމަށެވެ.
މިއީ ފަނޑިޔާރުންގެ ޤާނޫނާއި، ފަނޑިޔާރު ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށްބުނެ އެކޮމިޝަނަށް ހުށަހެޅުނު މައްސަލައެއްކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި 7 ދަޢުވާއެއް ބާތިލް ކުރަން ޤާޟީ އަލްއުސްތާޛު އިސްމާޢީލް ރަޝީދު ނިންމެވީ އިއްޔެއެވެ.


ތިހުރިހާ ފައިސާ އެށްގެ ޒިންމާ އުފުލައް ޖެހޭނީ ހަމަ އަދީބް.