ޚަބަރު

ދެ ރައީސުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދުއާ ދެބޭފުޅުން ރަސްމީ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިއީ ދެބޭފުޅުން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެކެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވިކަން ހާމަކުރައްވާ ކުރެއްވި ޓްވީޓުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ އެޖެންޑާގެ ތެރެއިން އިސްކަންދޭނެ ދާއިރާތައް ކަނޑައެޅުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ. އަދި ތަރައްގީގެ އެޖެންޑާގައި ހިމެނިފައިވާ ކަންކަން ހާސިލުކުރުމަށް، ރައްޔިތުންގެ މަޖިލިހަކީ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިވެހިންނަށްޓަކައި ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

ދެ ރައީސުންގެ ބައްދަލުވުމާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓް ރައީސް ނަޝީދު ރީޓްވީޓް ކުރެއްވި ނަމަވެސް، ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކާއި ގުޅިގެން އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ރައީސް ސޯލިހު އާއި ދެ ބޭފުޅުން މަގުމަތީގައި ތިއްބެވި ވަގުތު، މަގުމަތިން ބައެއް ފަރާތްތަކާއި ދިމާވި ކަމަށެވެ. އަދި މި ހާލަތުގައި ރޯ މަސް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޝުކުރެއް އަދާކުރެއްވި އެވެ.

މިފަހުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުނު ބައެއް ބިލްތަކާއި ގުޅިގެން ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ. އަދި ސަރުކާރުގެ ބައެއް ވަޒީރުން މަސްއޫލިއްޔަތު އަދާ ނުކުރާ މައްސަލައިގައި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close