ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި 13 މީހުންގެ ތެރެއިން 2 މީހުން ރަނގަޅުވެއްޖެ
ރާއްޖޭގައި ކޯވިޑް 19 ޖެހުނު މީހުންގެ ތެރެއިން 2 މީހަކު މުޅިން ރަނގަޅުވެފައިވާކަމަށް ހެލްތްމިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ ކޯވިޑް 19 ޖެހިގެން ރައްޖޭގައި 13 މީހަކަށް ފަރުވާދެމުންދާކަމަށެވެ. އޭގެ ތެރެއިން ފަރުވާދެވި މިހާތަނަށް 2 މީހަކު މުޅިން ރަނގަޅުކުރެވިފައިވާކަމަށެވެ.
ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ރާއްޖޭގެ ސަރުކާރުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ދުނިޔޭގެ ޤައުމުތަކުން ތައުރީފް ކުރަމުންދާއިރު ވޭތުވެ ދިޔަ 6 ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއްވެސް މީހަކު ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.
ރޯގާގެ އަސަރު ކިރިޔާ ހުރި މީހުންނާއި ބަލީގެ އަލާމާތްތައް ކިރިޔާ ފެންނަ މީހުންގެވެސް ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކަމާބެހޭ ފަރާތްތަކުން ކުރަމުންނެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މާލެ ސަރަޙައްދުގެ ސައިހޮޓޯ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަންވެސް ބަންދުކުރަން މިހާރުވަނީ އަންގާފައެވެ.
