ޚަބަރު

ރިސޯޓުތަކުގެ ސްޕާތައް ފިޔަވައި އެހެން ހުރިހާ ސްޕާތަކެއް ބަންދުކުރަން އަންގައިފި

ރިސޯޓްތަކުގައި ހަދާފައިވާ ސްޕާތައް ފިޔަވައި ރާއްޖޭގައި ހިންގާ އެހެން ހުރިހާ ސްޕާތައް ބަންދުކުރުމަށް އެޗްޕީއޭއިން އަންގަވައިފިއެވެ.

ދިވެހި ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، ރިސޯޓްތަކުގައި ޤާއިމުކޮށްފައިވާ ސްޕާތައް ފިޔަވައި ދިވެހިރާއްޖޭގައި ހިންގާ އެހެނިހެން ސްޕާތައް ބަންދު ކުރުމަށް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ސެލޫންތަކުގައި ހިންގާ ސްޕާތައްވެސް ހިމެނޭ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިކަންކަން ބަލައި މިކަންކަން ތަންފީޛުކޮށް، އެފިޔަވަޅަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އެޗްޕީއޭއިންވަނީ އަންގަވާފައެވެ. އަދި މިއެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އަންގާފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން މިހާރު ވަނީ ރާއްޖޭގައި 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާޓު ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close