ޚަބަރު

ކޮވިޑް ޖެހިފައިވާ މީހަކާ ބައްދަލުވި ތިން ދިވެހިން ޓެސްޓްކުރަނީ

ކޮވިޑް-19 ޖެހުނު މީހަކާއި ބައްދަލުވި ތިން ދިވެހިންގެ ގައިން ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އެ ތިންމީހުން އެކަހެރިކޮށް އެމީހުން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ފުށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.

އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަލާމާތްތައް ފެނުނީ ކޮންތަނަކުން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހެއްކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ރާއްޖެ އިން 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާރު ފަރުކޮޅުގައި އެކަހެރިކޮށްފައި 25 މީހުން އެބަތިއްބެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލްގައި 27 މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ. ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ވެސް މީހުން އަމިއްލަ ގޭގައި އެކަހެރި ކޮށްފައި ވެއެވެ.

ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް 196000 އަމީހުންނަށް ޖެހިއްޖެއެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 81600 މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 7927 އަށް ވަނީ އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close