ޚަބަރު

ދެކުނު ކޮރެއާއިން އައި ދިވެއްސެއް ކޮވިޑަށް ޝައްކުވެގެން ކަރަންޓީން ކޮށްފި

ދެކުނު ކޮރެއާއިން އައި ދިވެއްސެއްގެ ކިބައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމަތްތަކެއް ފެނިގެން އޭނާ ފަރުކޮޅުފުށީގައި ހުންނަ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފިކަމަށް ކޯވިޑް-19ގެ ކަންކަމުގައި މައުލޫމާތު ހާމަކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް ޢަޒީޒު ވިދާޅުވީ، ދެކުނު ކޮރިއާއިން އައި ދިވެއްސެއްގެ ކިބައިން ކޯވިޑް-19އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށެވެ. އެ ދިވެހި މީހާއަކީ ވިލިމާލޭގައި ދިރިއުޅެމުންދާ މީހެއްކަމަށާއި، އޭނާ ދަތުރުކޮށްފައިވަނީ ދެކުނު ކޮރިއާގައި، މިބަލި އެންމެ ބާރަށް ފެތުރެމުންދާ ދެޕްރޮވިންސް ނޫން އެހެން ޕްރޮވިންސްއަކުންކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ އޭނާ މިހާރު ފަރުކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އޭނާއާއި ކޮންޓެކްޓް ވެފައިވާ ފަރާތްތައް ކަރަންޓީންކޮށް ކޮންޓެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

މިހާރު ފަރުކޮޅުފުށީގައި ކަރަންޓީންކުރި މީހުންގެ އަދަދު މިވަނީ 23 އަށް އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close