ޚަބަރު

ރާއްޖެ ލޮކްޑައުން ކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފި

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ރާއްޖެއިންވެސް އެކަމުގެ ނުރައްކާ ގޯހުންގޯހަށް ހިނގައިދާނެތީ ރާއްޖެ ލޮކްޑައުން ކުރުމަށް ޢިލްމުވެރިންގެ ގުޅުމުން ގޮވާލައިފިއެވެ.

އެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަހސް މި ދިވެހިރާއްޖޭގައިވެސް ހިފެހެއްޓުމެއްނެތި ފެތުރެން ފަށައިފިނަމަ ދިމާވާނެ ނުރައްކާތެރިކަމާއި ގެއްލުން ބޮޑުކަމަށްޓަކައި، މުޅި ރާއްޖެ ވަކި މުއްދަތަކަށް ލޮކްޑައުން ކުރުމަށް ރާއްޖޭގެ އިތުބާރު ހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ، ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންވެސް އެކަމަށް ތާޢީދު ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ ލޮކްޑައުން ކުރުމަށް ގޮވާލާ ގޮވާލުމަކީ ދީނުގެ ޝަރުޢީ މަޞްލަޙަތު މިވަގުތާއި ޙާލަތަށް ނިޔާކުރާގޮތް ކަމުގައި ދިވެހި ރައްޔިތުންނަށް ހާމަކޮށް، ރާއްޖެ ލޮކްޑައުން ކުރުމަށް ސަރުކާރާއި ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

“ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަގުތު ފެތުރެމުންދާ ކޮރޯނާ ވައިރަހސް މި ދިވެހިރާއްޖޭގައިވެސް ހިފެހެއްޓުމެއްނެތި ފެތުރެން ފަށައިފިނަމަ ދިމާވާނެ ނުރައްކާތެރިކަމާއި ގެއްލުން ބޮޑުކަމަށްޓަކައި، މުޅި ރާއްޖެ ވަކި މުއްދަތަކަށް ލޮކްޑައުން ކުރުމަށް ރާއްޖޭގެ އިތުބާރު ހުރި ޑޮކްޓަރުން އިލްތިމާސްކޮށް ގޮވާލައްވަމުން ދާތީ، ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުންވެސް އެކަމަށް ތާޢީދުކޮށް، އެއީ ދީނުގެ ޝަރުޢީ މަޞްލަޙަތު މިވަގުތާއި ޙާލަތަށް ނިޔާކުރާގޮތް ކަމުގައި ދިވެހި ރައްޔިތުންނަށް ހާމަކޮށް،، ޞިއްޙީ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުން އަރުއްވާފައިވާ ލަފަޔާ އެއްގޮތަށް މުޅި މި އިސްލާމީ ވަތަން تقفيل ކުރެއްވުމަށް ސަރުކާރާއި ކާމާބެހޭ މާސްޢޫލުވެރިންނަށް އިލްތިމާސް ކުރަމެވެ.” އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނުގައި ވެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު ރާއްޖެ ލޮކްޑައުން ކުރުމަށް ގިނަ ދިވެހިން ދަނީ މީސް މީޑިޔާގައި ގޮވާލަމުންނެވެ. ރާއްޖެއިން މިހާތަނަށް 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ އެންމެންވެސް ފައްސިވެފައިވަނީ އެކި ރިސޯޓްތަކުންނެވެ. މިހާތަނަށް އަދި އެއްވެސް ދިވެއްސަކު މި ބައްޔަށް ފައްސިވެފައެއް ނުވެއެވެ.

އިޓަލީ ، ޑެންމާކް ، ފްރާންސް، އީރާން ، އިޒްރޭލް ، ސްޕޭން އަދި މެލޭޝިޔާ ފަދަ ގިނަ ޤައުމުތަކެއް މިހާރުވަނީ ލޮކްޑައުން ކޮށްފައެވެ. އަދި ކުރިއަށް ހަފްތާއަށް ލޮކްޑައުން ކުރާނެކަމަށް އެހެން ގިނަ ޤައުމުތަކުންވެސް ދަނީ ބުނަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close