ޚަބަރު

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓްކުރަނީ

މިއަދު ރާއްޖެއައި ޤަތަރް އެއަރވޭސް އިން ދަތުރު ކުރި، ދިވެއްސެއްވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނުމުން ފަރުކޮޅު އައިސޮލޭޝަން ފެސލިޓީއަށް ބަދަލު ކުރެވިފައި ކަމަށް ހެލްތް ޕްރޮޓަކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމަށްފަހު، ފްލައިޓުން އައި  9  ބިދޭސިއަކު ވަނީ އެބަޔަކު ބުކިންގ ހައްދާފައިވާ ތަންތަނަށް ފޮނުވާލެވިފައިކަމަށެވެ. އެ ހުރިހާ ފަތުރުވެރިންވެސް 14 ދުވަހަށް ގޭގައި އެކަހެރިވުމަށް ވާނީ އެންގިފައިކަމަށްވެސް އެޓްވީޓްގައި ބުނެފައިވެއެވެ.

އަދި ކުރޫއިންގެ ތެރެއިން 2 ބިދޭސީއަކު ވަނީ ވިލިވަރުގައި ކަރަންޓީން ކުރެވިފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖޭގައި ފާހަގަކުރެވިފައިވާ ކޭސްތަކުގެ ޚުލާސާ އަށް ބަލާއިރު  ބަލިޖެހިފައިވާ މީހުންގެ ކަށަވަރު ޢަދަދަކީ 13 އެވެ. ވިލިވަރުގައި 18 މީހުން ކަރަންޓީނު ކުރެވިފައި ވާއިރު ފަރުކޮޅުގައި އެކަހެރިކޮށްފައި 11 މީހުން ބައިތިއްބާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close