ޚަބަރު ވިލަމަންދޫން އިތުރުމީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓްކުރަނީ

ވިލަމަންދޫން އިތުރުމީހަކު ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ޓެސްޓްކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވިލަމަންދޫ އައިލަންޑް ރިސޯޓުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނިގެން ޓެސްޓް ކުރާކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އޭނާއާއި ކޮންޓެކްޓުވި ދެމީހަކުވެސް ވަނީ އެކަހެރިކޮށްފައެވެ.

އަދި މިހާރު އޭނާ ވަނީ އެކަހެރިކޮށްފައި ކަމަށާއި، އެރަށް ވަނީ މޮނިޓަރިންގ ހާލަތުގައިގައި ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

މޮނިޓަރިންގ ހާލަތުގައި އޮންނަ އިރު ރަށަށް އެއްވެސް މީހަކު އަރާ ފޭބުން މަނާވާނެއެވެ.

ކޮވިޑް-19 ދުނިޔޭގައި ހަލުވެރިކަމާއެކު ފެތުރެމުންދާއިރު، ރާއްޖެއިންވެސް މިހާރު މިވަނީ ކޮވިޑް-19 ފެނިފައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން ވަނި 10 މީހަކު ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި 17 މީހަކު މިހާރުވެސް ކަރަންޓީނުގައި ތިބިއިރު، 11 މީހަކު ވިލިވަރުގައި އެކަހެރިކޮށްފައި އެބަ ތިއްބެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްކޫލުތައް ހުޅުވުން ލަސްކޮސް، ހުރިހާ ކޮލެޖް އައި ޔުނިވާސިޓީއެއް ދެ ހަފްތާއަށް މިހާރު ވަނީ ބަނދުކޮށްފައެވެ. އަދި 14 ދުވަހަށް، އެއްވެސް ރިސޯޓް މުއައްޒަފަކަށް ރިސޯޓުން އެހެން ރަށަކަށް ނުދެވޭނޭ ކަމަށްވެސް ވަނީ އެޗްޕީއޭ އިން އަންގާފައެވެ.

މާލޭގެ ޕާކު ތަކާއި، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް މީހުން އައުވެސް މިހާރު ވަނި މަނާކޮށްފައެވެ.

ޓެގް

ކޮރޯނާވައިރަސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.