ޚަބަރު

ކޮވިޑް-19 އާއި ގުޅިގެން ޔޫއޭއީގައި ސަރުކާރު މުވައްޒަފުން އޮންލައިންކޮށް މަސައްކަތްކުރަނީ

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޔޫއޭއީގެ ސަރުކާރު އޮފީސްތަކުގެ މަސައްކަތް އޮންލައިންކޮށް ކުރާގޮތަށް އެގައުމުގެ ސަރުކާރުން ހަމަޖައްސައިފިއެވެ.

ރައްޔިތުން ގިނަގިނައިން އެކިއެކި ޚިދުމަތްތައް ހޯދަން އަންނަންޖެހޭ އޮފީސްތަކުގެ ޚިދުމަތްތައް އޮންލައިންކޮށް ހޯދުމަށް އެފުރުޞަތުރައްޔިތުންނަށް ހުޅުވާލުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި އެކަމަށްވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާކަމަށްވެސް ޔޫއޭއީ ސަރުކާރުން ބުނެއެވެ.

އޮންލައިން ކޮށް ޚިދުމަތްދިނުން ދެ ހަފްތާއަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވީނަމަވެސް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވާނަމަ ދެ ހަފްތާފަހުންވެސް ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިދިޔަ ހުކުރުދުވަހު އަބުދާބީގައި ބޭއްވި ކެބިނެޓް ބައްދަލުވުމަކުން ނިންމާފައިވަނީ އަންނައާދީއްތަ ދުވަހުން ފެށިގެން އޮފީސްތަކުގައި ޢާއްމުކޮށް މުވައްޒަފުން މަސައްކަތް ނުކުރާގޮތަށެވެ. އެހެންނަމަވެސް ސަރުކާރުން ދޭންޖެހޭ ޚާއްޞަ ޚިދުމަތްތައް ދިނުމުގައި ރައްޔިތުންނަށް ދަތިނުވާނެގޮތަށް ސަރުކާރުން ގެންދަނީ ކަންކަން ރާވަމުންނެވެ.

ޔޫއޭއީގައި މިހާތަނަށް 85 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. އިތުރު އެތައް ސަތޭކަމީހުން ކަރަންޓީނުކޮށް ބައްޔަށް ޕޮޒިޓިވްވޭތޯ ނުވަތަ ނޫންތޯ ގެންދަނީ ބަލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close