ކޮވިޑް-19 ގެ ނުރައްކާ ވަރަށްބޮޑު ، އުމްރާގެ އަޅުކަންވެސް ވަގުތީ ގޮތުން ހުއްޓާލައިފި
ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކާ ބޮޑުވެ ޢުމުރާގެ އަޅުކަންވެސް ވަގުތީ ގޮތުން ސައޫދިން ހުއްޓާލައިފިއެވެ.
ސައުދީން ނެރެފައިވާ ބަޔާނާ ޙަވާލާދީ މީޑިއާރިޕޯޓުތައް ބުނަނީ ސައޫދީނ އުމުރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލީ މާތްވެގެންވާ މައްކާ އާއި މަދީނާގައި ކޮވިޑް-19 ފެތުރިގެން ހިނގައިދާނެތީއެވެ.
ސައުދީ އަރަބިއާގެ ދާޚިލީ ވުޒާރާ އިން ނެރުނު ބަޔާނެއްގައި ބުނީ ސައުދީ ރައްޔިތުންނާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށް ވެސް މިދުވަސްވަރު އުމްރާގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ. މައްކާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން މަނާ ކުރުމުގެ އިތުރުން މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް މިދުވަސްވަރު ވަނީ މަނާކޮށްފަ އެވެ.
ޢުމުރާގެ އަޅުކަން އަދާކުރުމަށް ޙަރަންފުޅަށް ދިއުން ސައޫދީން މަނާކޮށްފައިވާއިރު އެޤައުމުންވެސް ވަނީ ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެފައެވެ. އެމީހާ ފެނިފައިވަނީ މިދިޔަ ހޯމަދުވަހުއެވެ.