ޚަބަރު

ކޮވިޑް-19ގެ ސާމްޕަލްތައް އައިޖީއެމްއެޗްގައި ޓެސްޓްކުރަނީ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް – އައިޖީއެމްއެޗް

ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސާމްޕަލްތައް އައިޖީއެމްއެޗްގައި ޓެސްޓުކުރާނީ ޑްބްލިޔުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރައްކާތެރި ކަމުގެ އެންމެހައި ފިޔަވަޅުތަކާއެކު ކަމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމް ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސާމްޕަލްތައް އުފުލުމާއި ތަޙްލީލު ކުރުމުގައިވެސް އެ ހޮސްޕިޓަލުން ޢަމަލު ކުރަނީ ޑަބްލިޔުއެޗްއޯ އާއި ކަމާއިބެހޭ ފަރާތްތަކުން އެކަމަށް އެކަށަ އަޅާފައިވާ ޚާއްސަ ޕްރޮޓޮކޯލް ތަކާއި ބައިނަލް އަޤްވާމީ ގޮތުން ބަލައިގަންނަ ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ހޮސްޕޓަލްސް އެންޑް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑު ފޯރ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއަރ ޕްރޮވައިޑަރސް (އެން.އޭ.ބީ.އެޗް) އަދި ނެޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯރ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯޓްރީ (އެ.އޭ.ބީ.އެލް)ގެ ގައިޑްލައިން ތަކާއި އެއްގޮތަށް ކަމަށެވެ.

ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީއަށް ތަޙްލީލް ކުރުމަށް ގެނެވޭ ސާމްޕަލް ތަކަކީ ކޮންމެ ވައްތަރެއްގެ ސާމްޕަލް ތަކެއް ކަމުގައި ވީނަމަވެސް އެ ސާމްޕަލް ތަކާއިމެދު ދެކެވޭނީ އަދި އަމަލު ކުރެވޭނީ އެއީ އިންސާނުންނަށް ގެއްލުމެއް ލިބިދާނެ އެއްޗެއް ކަމަށެވެ.

އަދި ނުރައްކާތެރި ވަކި ބައްޔަކަށް ޝައްކު ނުކުރެވޭ ސާމްޕަލެއް ތަޙްލީލު ކުރި ނަމަވެސް މި ތަކެތި އުފުލުމާއި ތަޙްލީލު ކުރުމުގައިވެސް ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ސަލާމަތީ ގޮތުން އަޅަންޖެހޭ އަޅަންޖެހޭ އެންމެހާ ފިޔަވަޅު ތަކެއް ހޮސްޕިޓަލްގެ ލެބޯޓްރީގައިވެސް ޑަބްލި.ޔުއެޗް.އޯގެ މިންގަނޑު ތަކާއި ސްޓޭންޑަޑް ޕްރެކްޓީސް އާއި ޕްރޮޓޮކޯލް ތަކާއި އެއްގޮތަށް އެޅިފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، މުވައްޒަފުންގެ ސަލަމާތައި ރައްކާތެރިކަމަށް އެ ހޮސްޕިޓަލުން ހާއްސަ ސަމާލުކަމެއް ދެމުންގެންދާނެ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓު ހެދެނީ އައިޖީއެމްއެޗްގައެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ފަރާތުން ރާއްޖެއަށް، ކޮވިޑް 19 އަށް ޓެސްޓު ކުރެވޭނެ 10 ކިޓް ވަނީ ހަދިޔާކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close