ޚަބަރު

ކޮވިޑް-19 ފެތުރޭ 7 ގައުމަކަށް ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ފެތުރެމުން އަންނަ ޖަޕާން، ސިންގަޕޫރް، ހޮންގް ކޮންގް، ސައުތް ކޮރެއާ، ތައިލެންޑް، އީރާން އިޓަލީއަށް ދަތުރު ދިވެހިން ދަތުރުކުރުމުގައި ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، މިދުވަސްވަރު ހަލުވިކަމާއެއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ކޮވިޑް 19ގެ ހާލަތު އެ އެޖެންސީ ބަލަމުންދާ ކަމަށެވެ. އެގޮތުން ޗައިނާގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގައި، ޗައިނާއަށް ދަތުރުކޮށްގައި ނެތް ފަރާތްތަކުގެ ކިބައިންވެސް މި ބަލި ފެނި، އެ ގައުމުތަކުގައި ބަލި ފެތުރެމުންދާ ކަމަށް ފާހަގަކުރެވިފައިވާކަމށަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

ކޮވިޑް 19 ޖެހިގެން ގިނަ މީހުން މަރުވެފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުގެ އިތުރުން، އީރާނުގައިވެސް މި ބަލި ޖެހިގެން މަރުވާ މީހުންގެ އަދަދު ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން ދެކުނު ކޮރެއާގައި ވަނީ ސިއްހީ ކުއްލި ހާލަތު އިއުލާނު ކޮށްފައެވެ.

ޗައިނާ އިން އިއްޔެ އާއި ހަމައަށް ކޮވިޑް 19 ޖެހިގެން މަރުވި މީހުންގެ އަދަދި 2442 އަށް ވަނީ އަރާފައެވެ. ޗައިނާ ފިޔަވައި އެހެން ގައުމުތަކުން ވަނީ 19 މީހަކު މަރުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close