ޚަބަރު ޓީ.ކިޔު.އައި ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ މުބާރާތް ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

ޓީ.ކިޔު.އައި ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ މުބާރާތް ސްޕޮންސަރ ކުރުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫ، ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓް ގެ ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ 3 ވަނަ ޤުރްއާން މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ އިންސްޓިޓިއުޓުން ކުރި އިޢުލާނުގައި ބުނެފައިވަނީ އެ މުބާރާތް ސްޕޮންސަރ ކުރުމަށް ބޭނުންވެލައްވާ ފަރާތްތަކުން 27 ފެބުރުވަރީ 2020 ގެ ކުރިން އެކަން ސިޓީއަކުން އެ އިންސްޓިޓިއުޓަށް އެންގެވުމަށެވެ.

މިކަމާއިގުޅިގެން ނާރެސްއަށް މަޢުލޫމާތު ދެއްވަމުން އެ އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވީ، މުޅި މުބާރާތް އެއްކޮށް ސްޕޮންސަރ ކުރުމުގެ ފުރުޞަތުވެސް އެބަ އޮތްކަމަށާއި އަދި މުބާރާތުގެ އެކިއެކި ވަނަތައް ސްޕޮންސަރކޮށް އިނާމު ހުށަހެޅުމުގެ ފުރުޞަތުވެސް އެބަ އޮތް ކަމަށެވެ.

މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރިޗުމަހުގެ ފަހުކޮޅުގައި ކަމަށާއި 12 މާރިޗުގެ ކުރިން ވަކިވަކި ވަނަތައް ސްޕޮންސަރ ކޮށް އިނާމު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުން އިންސްޓިޓިއުޓަށް އިނާމު ހަވާލުކުރައްވަން ޖެހޭނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މިކަމާއި ގުޅުންހުރި އިތުރު މަޢުލޫމާތު 9933266 ނަންބަރަށް ގުޅުމުން ލިބިގެންދާނެކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

މިއީ އެފަދަ ފުރުޞަތުތައް ބޭނުންވެލައްވާ ފަރާތްތަކަށް ހުޅުވާލި ފުރުޞަތެއްކަމަށްވެސް ޒިޔާދު ފާހަގަ ކުރެއްވިއެވެ.

ޓެގް

އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.