ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހަކަށްވެސް ރާއްޖެ އެތެރެ ނުވެވޭނެ – މިނިސްޓަރ
ޗައިނާގެ މެއިންލޭންޑުން އަންނަ އެއްވެސް މީހަކަށްވެސް ޗައިނާގައި ޓްރާންސިޓްކޮށްފައި އަންނަ މީހަކަށްވެސް ރާއްޖެ ދެން ރާއްޖެ އެތެރެ ނުވެވޭނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، މިގޮތަށް އަމަލުކުރަން ފަށާނީ މިރޭގެ މެންދަމު 12:00ން ފެށިގެން ކަމުގައެވެ.
މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް މިނިންމެވުން ނިންމަވާފައި ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހިރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
“ނޮވެލް ކޮރޯނާ ވައިރަސް” އިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުމަށް އެކުލަވާލި ޓާސްކްފޯސްގެ މެންބަރުންނާއިވެސް ރައީސުލްޖުމުހޫރިއްޔާ މިއަދު ވަނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
ކޮރޯނާ ވައިރަހާއި ގުޅިގެން ޗައިނާ އާއި ރާއްޖެ އާއި ދެމެދު ކުރާ ސީދާ ދަތުރުތައްވެސް ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ މެދުކަނޑާލާފައެވެ.
މިހާރު ޗައިނާގެ ހުރިހާ ސަރަހައްދަކަށް ކޮރޯނާ ވައިރަސް ފެތުރިފައި ވާއިރު، ކޮރޯނާ ވައިރަހުގެ އިތުރުން އެޤައުމުގައި ދޫނިރޯގާވެސް މިހާރު ވަނީ ފެތުރެން ފަށާފައެވެ.
އަދި ދުނިޔޭގެ އެހެންޤައުމުތަކުންވެސް މިހާރު ވަނީ ޗައިނާއިން އަންނަ މީހުން އެތެރެވުން މުޅިން މަނާކޮށްފައެވެ.

