ޚަބަރު ޓީ.ކިޔު.އައިގެ ބަންގިގޮވުމާއި ޚުޠުބާ ކިޔުމުގެ 3 ވަނަ މުބާރާތް މިއަހަރު ބާއްވަނީ

ޓީ.ކިޔު.އައިގެ ބަންގިގޮވުމާއި ޚުޠުބާ ކިޔުމުގެ 3 ވަނަ މުބާރާތް މިއަހަރު ބާއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫގައި ހިންގަމުންދާ އިންސްޓިޓިއުޓެއްކަމަށްވާ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ބަންގި ގޮވުމާއި ޚުޠުބާ ކިޔުމުގެ 3 ވަނަ މުބާރާތް ބޭއްވުމަށް އިއްޔެ އިޢުލާނުކޮށްފިއެވެ.

އިއްޔެ އެ އިންސްޓިޓިއުޓުން ކުރި އިޢުލާނުގައި ބުނެފައިވަނީ ޢުމުރުން 7 އަހަރުންމަތީގެ ކޮންމެ ފިރިހެން ދަރިވަރަކަށްވެސް މި މުބާރާތުގައި ބައިވެރިވެވޭނެކަމަށާއި އެގޮތުން ބައިވެރިވެވޭނީ އެ އިންސްޓިޓިއުޓުގައި މިހާރު ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންނަށާއި އަދި ކުރިންވެސް އިންސްޓިޓިއުޓުގައި ރަޖިސްޓްރީވެ ތަޢުލީމް ޙާޞިލްކޮށްފައިވާ ދަރިވަރުންނަށް ކަމަށެވެ.

މިކަމާއި ގުޅިގެން ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ވިދާޅުވީ، މިދިޔަ އަހަރު ބޭއްވިގެން ދިޔައީ މީގެ އެންމެ ކާމިޔާބު މުބާރާތްކަމަށާއި ޓާރގެޓަކީ މިދިޔަ އަހަރަށްވުރެވެސް މުބާރާތުގެ ފެންވަރު ރަނގަޅުވެ، މުބާރާތުގައި ވާދަކުރާ ކުދިންގެ ފެންވަރު އިތުރަށް ރަނގަޅު ވެގެން ދިއުން ކަމަށެވެ.

މުބާރާތް އޮންނާނީ މިއަހަރުގެ މާރިޗު މަހުގެ 27 އަދި 28 ގައި ކަމަށް ޢަލީ ޒިޔާދު ވިދާޅުވިއެވެ.

ނާރެސް އަށް މަޢުލޫމާތު ދެއްވަމުން އިތުރަށް ޒިޔާދު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ މުބާރާތުގެ ޤަވާޢިދަށް ބަދަލުތަކެއް ގެނެވިފައިވާނެ ކަމަށާއި އެގޮތުން ގެނެވުނު ބަދަލަކީ ޢުމުރުފުރާތަކަށް ބަހާލައިގެން މުބާރާތް ބޭއްވުން ކަމަށެވެ.

އިންސްޓިޓިއުޓުން އިއްޔެ ކުރި އިޢުލާނުގައިވާ ގޮތުން 13 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 12:00 ށް މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބަންދުވެގެންދާނެއެވެ.

ޓެގް

އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.