ޚަބަރު ޤުރްއާނުން ފޮތެއް ހިތުދަސްކުރުމުން 1000 ރުފިޔާ ލިބޭ ޕްރޮގުރާމު މިއަހަރުވެސް

ޤުރްއާނުން ފޮތެއް ހިތުދަސްކުރުމުން 1000 ރުފިޔާ ލިބޭ ޕްރޮގުރާމު މިއަހަރުވެސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާނުން ފޮތެއް ދަސްކޮށް ކިޔައިދިނުމުން 1000 ރުފިޔާ ލިބިގެންދާ ޕްރޮގުރާމު މިއަހަރުވެސް ޓީ.ކިޔު.އައިގެ ފަށައިފިއެވެ.

އިއްޔެ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ ކީރިތި ޤުރްއާނުން ހިތުދަސްކޮށް ކިޔައިދޭ ކޮންމެ ފޮތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށެވެ.

މިކަމާއިގުޅިގެން ޓީ.ކިޔު.އައިގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސް އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ 2016 ވަނަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ ޕްރޮގުރާމެއްކަމަށެވެ. އެހެނަސް މިއަހަރު ޓީ.ކިޔު.އައިގައި ޤުރްއާން ހިތުދަސްކުރުމަށް ޚާއްޞަ ކުލާހެއް ފެށިގެން ކުރިޔަށްދާތީވެ ޤަވާޢިދަށް ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނެސްފައިވާނެކަމަށެވެ.

ﷲ ގެ ހެޔޮރަޙުމަތާއިއެކު އަހަރަކަށްވުރެ އަހަރެއް ޤުރްއާނުން ފޮތެއް ހިތުދަސްކޮށް ކިޔައިދޭ ކުދިންގެ ޢަދަދު ދަނީ ގިނަވަމުން ކަމަވެސް ޒިޔާދު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރުވެސް ޖުމުލަ 5 ދަރިވަރަކު ވަނީ ފޮތެއް ކިޔައިދީފައި ކަމަށެވެ.

އުންމީދަކީ މިއަހަރުވެސް އެއަށްވުރެ ގިނަ ޢަދަދަތަކަށް ކުދިން ފޮތް ކިޔައިދިނުން ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ޓެގް

އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.