ޚަބަރު

ނަރުހުން ކުރަނީ މުހިއްމު މަސައްކަތެއް، އެއީ ހަމައެކަނި ވަޒީފާއެއް ނޫން- ރައީސް

ނަރުހުން އަދާކުރަނީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާއި އެއީ ވަރަށްމުހިންމު އިސްނާސީ ޚިދުމަތެއްކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ “ނަރސިންގ ނައު ކެމްޕޭން” އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.  ރައިސުލްޖުމްހޫރިއްޔާވަނީ، ނަމޫނާ ބަޔަކަށްވެ ސިއްޙީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށް މިހާރަށްވުރެ ބޮޑަށް އިސްކަން ދިނުމަށްވެސް ނަރުހުންގެ ދާއިރާއަށް އަލަށް ވަންނަ ކުދިންނަށް އިލްތިމާސްކުރައްވާފައެވެ.

“ނާރސިންގ ނައު”ކެމްޕޭން އިފްތިތާޙުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ރާއްޖޭގައި މަސައްކަތްކުރައްވާ ނަރުހުންގެ ދައުރު ފާހަގަކުރައްވާ އެމަސައްކަތުގެ އަގު ވަޒަންކުރައްވާފައެވެ.

ރާއްޖޭގެ ސިއްޙީ ދާއިރާ މިއަދު އައިސްފައިވާ ހިސާބަށް ކުރިއަރައި ދިއުމުގައި ނަރުހުންގެ ދައުރު ރައީސް ފާހަގަކުރެއްވިއެވެ. ނަރުހުންގެ އަގު ވަޒަންކުރައްވާ ރައިސްވަނީ މިދާއިރާއަށް އަލަން ވަންނަ ކުދިންނަށް ނަމޫނާ ބަޔަކަށް، ނަރުހުންވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސިއްޙީ ދާއިރާއަށް ރައްޔިތުންކުރާ އިތުބާރު ދެމެހެއްޓޭނީ ނަރުހުންނަކީ އޯގާތެރި ހިތްހެޔޮ ބަޔަކަށް ވެގެންކަމަށާއި އެކަމުގައި ލާމަސީލު ބައެއްގެ ގޮތުގައި ދެމިތިބުމަށްވެސް އެމަނިކުފާނުވަނީ ނަރުހުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައިސް އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ނަރުހުންނަށް ސިއްޙީ ދާއިރާގައި ދިމާވެފައިވާ ގޮންޖެހުންތައް އެނގިވަޑައިގަންނަވާކަމަށާ، އެކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޚިދުމަތުގައި ދެމިތިބުމަށް ބޭނުންވާ ބޯހިޔާވަހިކަމާއި ދަރިންބެލުމުގައި ދިމާވެފައިވާ މައްސަލަތަކަށް ޙައްލުހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުންގެންދަވާކަމުގެ ޔަގީންކަން ރައިސްވަނީ އަރުވާފައެވެ.

ސަރުކާރުން ސިއްޙީ ދާއިރާއަށް ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު ނަރުހުންނަށް ދިމާވެފައިވާ ގިނަ ގޮންޖެހުންތަކަށް، ޙައްލެއް ލިބި ސިއްޙީ ނިޒަމުގައި ނަރުހުންގެ ދައުރު މިހާރަށްވުރެ ފުޅާވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން އަންނަ އަހަރަކީ ޢާއްމު ސިއްޙަތުގެ އަހަރުގެ ގޮތުގައި ފާހަގަކުރާއިރު މިހާރު އިފްތިތާޙުވެގެންދިޔަ ނަރސިންގ ކެމްޕޭނުގެ ސަބަބުން މިއަމާޒަށް ވާޞިލުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close