ޚަބަރު

ލަންދޫ ކައުންސިލް 4 ވަނަ ރަންތަރިއަކަށް ހޮވުނީ ރަތަލް

ނ.ލަންދޫ ކައުންސިލުން އިންތިޒާމު ކޮށްގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ރަންތަރި ޤުރުއާން މުބާރާތުގެ މިއަހަރު (1441) ގެ ރަންތަރިއަކަށް ހޮވުނީ ނ.ލަންދޫ ރީފް ރަތަލް ބިންތް މުޙައްމަދު ޙަސަން އެވެ.

ރަތަލު ވަނީ އެމުބާރާތުގެ 1 ވަނަ ހޯދުމުގެ އިތުރުން 9 އަހަރުން ދަށުގެ ޢުމުރުފުރާއިން ބަލައިގެން ކިޔުމާއި ނުބަލައި ކިޔުމުގެ ދެގޮފިންވެސް 1 ވަނަ ހޯދާފައެވެ.

ނ.މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ އަލްފާޟިލް އަޙްމަދު ހާރޫނު މި މުބާރާތަށް އެއްވަނަ އިނާމެއްގެ ގޮތުގައި ހުށަހެޅުއްވި ޢުމުރާދަތުރުވެސް ލިބުނީ ރަތަލު އަށެވެ.

އިއްޔެ ލަންދޫ ސްކޫލްގެ ހޯލްގައި ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ބޭއްވި މި މުބާރާތުގައި ސަތޭކައަށްވުރެ ގިނަދަރިވަރުން ބައިވެރިވެ ކިޔަވާފައިވާއިރު މުޅިމުބާރާތުގެ ދެވަނަ ލިބުނީ އަމިއްލަ ގޮތުން ބައިވެރި ދަރިވަރު ނ.ލަންދޫ ކިނާރާ އަލްޙާފިޒާ މާޒިނާ ޢަބުދުއްރަހީމެވެ. ތިންވަނަ ލިބުނީ ނ.ލަންދޫ އައްސޭރި ޙަސަން ޒަޔާން އަޙްމަދަށެވެ.

ވަނަތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޝީލްޑާއި، ސެޓްފިކެޓްތައް ބައްސަވައިދެއްވީ މުބާރާތުގެ ޝަރަފްވެރި މެހްމާން މަނަދޫ ދާއިރާގެ މެމްބަރ އަޙްމަދު ހާރޫނުގެ އިތުރުން ލަންދޫގައި ހުރި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނެވެ.

އިއްޔެގެ ޖަލްސާގައި ގިނަޢަދަދެއްގެ ދަރިވަރުންނާއި، ބެލެނިވެރިންނާއި، ޢާއްމުން ވަނީ ބައިވެރިވެފައެވެ.

އެއް ކޮމެންޓް

  1. މަރުޙަބާ ރަތަލު ތިޔަހޯދި ކާމިޔާބީ ދެމެހެއްޓޭތޯ ހިތްވަރާއެކު މަސައްކަތް ކުރާތި . ކާމިޔާބު ޥާނެ އިންޝާﷲ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close