ވިޔަފާރި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށްގެންދާ “ސްޓާޓަޕް ވީކެންޑް 2019” ފަށައިފި

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ކުރިއަށްގެންދާ “ސްޓާޓަޕް ވީކެންޑް 2019” ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒުވާން ވިޔަފާރިވެރިން އުފެއްދުމަށްދިރާގާއި ސްޕާކްހަބް ގުޅިގެން ކުރިއަށްގެންދާ “ސްޓާޓަޕް ވީކެންޑް 2019” އިއްޔެ ފަށައިފިއެވެ.

54 ގަޑިއިރަށް ކުރިއަށްދާ މި ހަރަކާތުގެ ޗީފް ގެސްޓަކީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފަޒްލީނާ ޝާކިރެވެ.

ޓެކްސްޓާސް ސްޓަރޓަޕް ވީކެންޑަކީ ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްކުރާ ބައިނަލް އަޤަވާމީ ހަރަކާތެކެވެ. އަދި މި މޮޑެލް މިހާރު ދުނިޔޭގެ 150 ގައުމުގައި ވަރަށް ކާމިޔާބު ކަމާއެކު ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކާއި، ޑިވެލޮޕަރުންނާއި ޑިޒައިނަރުންގެ އިތުރުން އަލަށް ފަށާފައިވާ ވިޔަފާރިތަކުގެ ބޭފުޅުން މި ހަރަކާތުގައި ބައިވެރިވެ ވިޔަފާރީގެ ދާއިރާގައި ހުރި ވިސްނުންތައް ހަގީގަތަކަށް ގެންނާނެ ގޮތާ ބެހޭގޮތުން މަޝްވަރާކޮށް ބިޒްނަސް މޮޑެލް ތައްޔާރުކޮށް ހުށަހަޅައިދޭނެއެވެ.

މި ހަރަކާތް ބޭއްވުމުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުންގެ މެދުގައި ސްޓަރޓްޕް ކަލްޗަރ އެއް ބިނާ ކޮށް، އެ މީހުންގެ ފުރިހަމަ ހުނަރު ދަސްކުރުމާއި، އުފެއްދުމާއި އަމަލުން ދެއްކުމުގެ މަގުފަހި ކޮށްދިނުމެވެ.

އަދި މި ހަރަކާތް ކުރިއަށްދާއިރު ހަރަކާތުގެ ބައިވެރިވާ ޓީމްތަކަށް އެހީތެރިކަން ފޯރުކޮށްދީ ޓީމުތަކުގެ މަސައްކަތް މޮނީޓަރ ކުރުމުގައި އިންޑަސްޓްރީގެ ފުންނާބު އުސް ފަރާތްތަކާއި އެންޓްރަޕްރަނުއަރސް ބައިވެރިވާކަމުގައިވެސް ދިރާގުން މައުލޫމާތުދެއެވެ.

މި އަހަރުގެ މި ހަރަކާތުގައި 50 އަށްވުރެ ގިނަ ބައިވެރިން ހިމެނޭކަމުގައި ދިރާގުން މައުލޫމާތުދެއެއެވެ.

ޓެގް

ދިރާގު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.