މިދިޔަ އަހަރެއްހާ ދުވަހަކީ ޚާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު ދުވަސްތަކެއް – ރައީސް
މިދިޔަ އަހަރެއްހާ ދުވަހަކީ ޚާރިޖީ ދާއިރާއިން ރާއްޖެއަށް ވަރަށް ކާމިޔާބު އަހަރެއްކަމަށާއި، ދޭދޭ ޤައުމުތަކާއި ހީނަރުވެފައިވާ ގުޅުންތައް އިޔާދަކުރެވި، ދުނިޔޭގެ ޤައުމުތަކާއި ރާއްޖެއާއި އޮތްގުޅުން އެތައްގުނައަކަށް ނިމިގެން މިދާ އަހަރެއްހާ ދުވަހުގެ ތެރޭގައި ޤާއިމްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ރާޢްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ .އަބޫދާބީ ފަންޑުން ހިލޭއެހީގެ ގޮތުގައި ރާއްޖެއަށް ދޭން ނިންމާފައިވާ 25 މިލިޔަން ޑޮލަރު 50 މިލިޔަށް ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށެވެ.
ރާއްޖެއަށް ހިލޭއެހީގެ ގޮތުގައާއި، ލޯނުގެ އެހީތެރިކަންވެސް އަވަށްޓެރި ޤައުމުތަކުން ފޯރުކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ބޮޑެތި ފައިދާތަކެއް ވަމުންދާކަންވެސް ރައީސް ވަނީ ފާހަނގަކުރައްވާފައެވެ. ބޭރުޤައުމުތަކުން ދޭ އެހީތެރިކަމުގެ ތެރެއިން އަބޫދާބީ ފަންޑުން ރާއްޖެއަށް ދޭން ނިންމާފައިވާ އެހީތެރިކަން 2 ގުނަ ބޮޑުކޮށްފައިކާމަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
“ޚާރިޖީ އަދި އަވައްޓެރި ރަހްމަތްތެރިކަން، އޭގެ ހަޤީޤީ މަގަށް އިޢާދަކުރެވި، ބައެއް ޤައުމުތަކާ އެކު ގުޅުން ޤާއިމް ކުރެވިއްޖެ. އަދި ހެޔޮ އެދޭ ބައެއް ޤައުމުތަކުން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގާ ހިލޭ އެހީގެ ގޮތުގާ 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ދީފި. އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށްދޭން ނިންމާފައިވާ 25 މިލިޔަން ޑޮލަރު 50 މިލިޔަށް ޑޮލަރަށް އިތުރުކޮށްފައިވާކަން މިއަދު ހަވީރު އަޅުގަނޑަށް ގުޅާފައި ފޮރިން މިނިސްޓަރ ވިދާޅުވި.” ރައީސް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއާއިއެކު ބޭއްވުނު ބައްދަލުވުމުގައި މާލެއާއި ވިލިމާލެއާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމަށް ޔޫއޭއީގެ އަބޫދާބީ ފަންޑުން އެހީވާނެކަމުގެ ޔަޤީންކަންވަނީ ދެއްވާފައެވެ.
މީގެ އިތުރުން އަބޫދާބީ ފަންޑުގެ ހިލޭ އެހީގެދަށުން ތަރައްޤީކުރާ މާފަރު އެއަރޕޯޓް ނިންމާ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުންވެސް އެބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން އެއަރޕޯޓްގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމާ ދިވެހި ސަރުކާރާއި ގުޅިގެން އެއަރޕޯޓްގެ އޮޕަރޭޝަންތައް ހިންގާނެ ގޮތާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.
