ޚަބަރު ބަޣުދާދީ މަރާލުމަށް ދިން ޙަމަލާގެ ވީޑިއޯ ޢާއްމުކޮށްފި

ބަޣުދާދީ މަރާލުމަށް ދިން ޙަމަލާގެ ވީޑިއޯ ޢާއްމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިސިސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ މަރާލުމަށް އެމެރިކާސިފައިން ދުރާލާ ރާވައިގެން ހިންގި އޮޕަރޭޝަނުގެ އެންމެ ފަހު މަރުޙަލާގެ ހަމަލާތައް ދިން ގޮތްކަމަށްބުނާ ކުރު ވިޑިއޯއެއް ޔޫއެސް ސެންޓްރަލް ކޮމާންޑް އިން ޢާއްމުކޮށްފިއެވެ.

ސެންޓްރަލް ކޮމާންޑް އިން ޢާއްމުކޮށްފައިވާ 10 ސިކުންތުގެ ވީޑިއޯ އިން ފެންނަގޮތުން ސިފައިންކަމަށް ބެލެވޭ ބަޔަކު ދުވެފާ ގޮސް އިމާރާތެއްގެ ތެރެއަށް ހަތިޔާރާއެކު ވަންނަތަން ފެނެއެވެ.

ބަޣުދާދީ މަރާލެވިއްޖެކަމަށް ބުނެ ވީޑިއޯ ޢާއްމުކޮށްފާވާއިރު ޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ އެމެރިކާ ސިފައިންގެ އަތު ނުވާންވެގެން ބަޣުދާދީ މަރުވެފައިވަނީ ލައިގެން ހުރި ޖެކެޓްގައި ހަރުކޮށްފައިވާ ބޮންތަކެއް ގޮއްވާލައިގެން ކަމަށެވެ. އޭނާ މަރުވެފައިވަނީ ތިން ދަރިންނާއެކު ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވިދާޅުވީ އެއީ ބަޣުދާދީކަން ކަށަވަރު ކުރުމަށް ވަގުތުން ޓެސްޓްތައް ހަދާފައިވާ ކަމަށެވެ. އަދި އެއީ ބަޣުދާދީކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ.

“ބާރުގަދަ އެ ގޮވުމުގެ ސަބަބުން އޭނާ [ބަޣުދާދީ] ގެ ހަށިގަނޑު މުޅިން ކުދިކުދިވި. ނަމަވެސް އެއީ އޭނާކަން ޓެސްޓްތަކުން ވަނީ ކަށަވަރުކޮށްފައި.” ޓްރަމްޕް ވިދާޅުވި އެވެ.

ޓެގް

އައިސިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.