ޚަބަރު ޖޭއެސްސީ ގެ ދަށަށް ޑީޖޭއޭ އައުމުން ބޮޑެތި ބަދަލުތަކެއް ގެންނަނީ

ޖޭއެސްސީ ގެ ދަށަށް ޑީޖޭއޭ އައުމުން ބޮޑެތި ބަދަލުތަކެއް ގެންނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑީޖޭއޭ ގެނައުމާއި އެކީ އެ ޑިޕާޓްމެންޓުން ގިނަ ބަދަލުތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށާއި އެކަންކަން ކުރިއަށް ދާކަމަށް ޑީޖޭއޭ އިން ބުނެފިއެވެ.

ޑީޖޭއޭއިން ބުނީ އެގޮތުން ފުރަތަމަ ބަދަލެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ކޯޓެއްގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހެކިބަސް ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހޯމަ ދުވަހު ޑީޖޭއޭ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑީޖޭއޭގެ ހެޑް އޮފް ފައިނޭންސް މުހައްމަދު އަލީ ވިދާޅުވީ، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދަށަށް ޑީޖޭއޭ ގެނައުމާއި އެކީ އެ ޑިޕާޓްމެންޓުން ގިނަ ބަދަލުތަކެއް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ.

ކުރިން ފަނޑިޔާރުން ކުރަމުން އައި ކަންތައްތައް ޑީޖޭއޭ އިން މިހާރު ކުރަން ޖެހޭކަން ފާހަގަކުރައްވަމުން މުހައްމަދު ވިދާޅުވީ، އަދުލު އިންސާފު ފޯރުކޮށްދިނުމުގައި އޭގެ އެންމެ ފަސޭހާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޖިނާއި އަދުލުގެ ނިޒާމު ތަރައްގީ ކުރުމަށްޓަކައި ޖިނާއި އިޖުރާތުގެ ގާނޫނު ގައި ބުނާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ޖިނާއި މައްސަލަތައް ބެލޭ އިޙްތިސާސް އޮންނަ ހުރިހާ ކޯޓެއްގައިވެސް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގަން ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މި އަހަރު ނިމޭއިރު އަޅުގަނޑުމެންނަށް ގާއިމް ކުރެވޭނެ. ޑީޖޭއޭގެ ހެޑް އޮފް ފައިނޭންސް މުހައްމަދު އަލީ ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ކޯޓުތައް އެއް ވިއުގައަކުން މި އަހަރުގެ ކުރީކޮޅު ގުޅާލާފައިވާއިރު، އިދާރީ ދާއިރާތަކަށް ބޭނުންކުރާ ސޮފްޓްވެއާ ތަކަކީ ރައްކާތެރި ހަލުވި އަދި އިތުބާރު ހިފޭ ނިޒާމެއްގެ ގޮތުގައި ހެދުމުގެ ގޮތުން ޑޭޓާސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.

ޑީޖޭއޭ އަމާޒަކީ އަދުލު އިންސާފު ފޯރުކޮށްދިނުމުގެ ހިދުމަތް ތަރައްގީވެގެން ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ކަމާއިއެކު ލިބޭ ހިދުމަތަކަށް ހެދުމެވެ. އެ ޑިޕާޓްމެންޓުން ދެމުން އައި ހިދުމަތްތައް ކުރިއެކޭ އެއްގޮތަށް ހަލުވިކަމާއި އެކު ކުރިޔަށްދާނެ ކަމަށް އެ ޑިޕާޓްމެންޓުން ބުންޏެވެ.

ޓެގް

ޖުޑީޝަރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.