ޚަބަރު އެމް.ޑަބްލިޔު.އެސް.ސީގެ 66 މުވައްޒަފަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

އެމް.ޑަބްލިޔު.އެސް.ސީގެ 66 މުވައްޒަފަކަށް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ)ގެ 66 މުވައްޒަފަކަށް ހިންގައިފިއެވެ.

މިޕްރޮގްރާމްގެ މަޤްޞަދަކީ އަންހެނުންގެ ޙައްޤުތަކާއި މިންތީގެ ތަފާތުކުރުމާ ގުޅޭ ގޮތުން ހޭލުންތެރިކަން އުފައްދައި، ޖެންޑަރ އިކުއަލިޓީގެ ޤާނޫނާއި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނާއި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވައި، މި ބާވަތުގެ މައްސަލަތަކާ މެދު ހޭލުންތެރިކަން އިތުރުކުރުވުމެވެ.

މި މަހުގެ 2ން 4ށް ހިންގުނު މި ޕްރޮގްރާމްގައި އެމް.ޑަބްލިޔު.އެސް.ސީގެ ސީނިއަރ މެނޭޖްމަންޓާއި، ސުޕަވައިޒަރ ލެވަލްގެ މުވައްޒަފުންނާއި، ހިއުމަން ރިސޯސް އަދި ލީގަލްގެ މުވައްޒަފުން ހިމެނޭ ގޮތަށް، ޖުމުލަ 55 ފިރިހެން މުވައްޒަފަކާއި 11 އަންހެން މުވައްޒަފަކު ބައިވެރިވެފައިވެއެވެ.

މި ޕްރޮގްރާމްގެ އިތުރުން، މިނިސްޓްރީން މި އަހަރު ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 50 މުވައްޒަފަކަށް ވެސް ޖެންޑަރ ސެންސިޓައިޒޭޝަން ޕްރޮގްރާމް ހިންގައިފައެވެ.  

ޓެގް

ޖެންޑަރމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.