ޚަބަރު

ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގެންފި

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމު ހުށަހެޅުއްވި ކުޑަކުދިންގެ އަދުލުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީއަށް ފޮނުވައިފިއެވެ.

މިބިލް ބަލައިގަތުމަށް ވޯޓު ދެއްވާފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 66 މެމްބަރުންގެ ވޯޓާއިއެކުގައެވެ. ކުޑަކުދިންގެ އަދުލުގެ ބިލް މަޖިލީހަށް ހުށަހަޅުއްވަމުން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވިދާޅުވީ މިބިލަކީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކޮށް ކުޑަކުދިންނާއި، ބޮޑެތި މީހުންނާ ދެމެދު ވަކި ޤާނޫނެއް އޮތުން މުހިންމުކަމަށްދެކި ހުށަހެޅި ޤާނޫނެއްކަމަށެވެ.

މި ޤާނޫނުގެ އެންމެމުހިންމު ބޭނުމަކީ ޖިނާއީ ދައުވާ ކުޑަކުދިންނާއިމެދު އުފުލުމުގެ ބަދަލުގައި ޑައިވާޝަން ނިޒާމެއްގެ ދަށުން ކަންކަން ކުރުންކަމަށް މީކާއިލް ވިދާޅުވިއެވެ. އަދި މިހާރު ޕީނަލް ކޯޑުގެ ދަށުން ކުޑަކުދިންނަށް ދެމުންދާ ހަރުކަށި އަދަބުތައް ކުޑަކޮށް ރިހެބިލިޓޭޝަންއާއި، އެނޫންވެސް އިސްލާހީ ފިޔަވަޅު އެޅޭނެ އިންތިޒާމް ހަމަޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

މިބިލަށް ވާހަކަ ދެއްކެވި މެމްބަރުންވަނީ ކުޑަކުދިން ޖިނާއީ ކުށްތަކަށް އަރައިގަންނަ ސަބަބުތަކާއި، ކުށްތައް އިތުރުވާންޖެހޭ އަސްލު މައްސަލަ މިބިލް ދިރާސާ ކުރައްވާއިރު ދެނެގަންނަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިފަދަ ބިލެއް ހުށަހެޅުމުގެ ބޭނުމަކީވެސް ކުޑަކުދިންނަށް ޖިނާއީ ދައުވާ ނުކުރުން ކަމަށްވާއިރު ކުށްކުރާ ކުދިންނަށް އެ އުމުރުގައި އެކަށީގެންވާ ފަރުވާއާއި، ތަމްރީނާއި، ތައުލީމްދެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމަށްވެސް މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close