ޚަބަރު މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމާނެ

މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި، ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމާނެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ފަނޑިޔާރު އަބްދުﷲ ދީދީ ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމާފައިވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހުށަހަޅާ އެކަމާމެދު މިރޭ ވާހަކަ ދައްކާނެކަމަށް މަޖްލިސް އިންބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރުކުރީގެ ދެވަނަ ދަންފަޅި ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަދި ޖޭއެސްސީގެ މެންބަރު ރައީސް މުހައްމަދު ނަޝީދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ދީދީ ވަކިކުރުމަށް ޖޭއެސްސީން މަޖިލީހަށް ހުށަހަޅާފައިވާ ކަން ވެސް ޔަގީންކޮށްދެއްވާފަ އެވެ. އަދި މިރޭ ބާއްވާ މަޖިލީހުގެ ޖަލްސާގައި ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމުން ކުރިއަށް ގެންދަވާނެ ކަމުގައިވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީން ބުނީ ބުނީ އެކޮމިޝަނުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލައެއް ބެލުމަށްފަހު ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ޖަވާބުދާރީވުމަށް ދެއްވި 30 ދުވަހުގެ ތެރޭގައި ދީދީ ޖަވާބު ދެއްވާފައިވާ ކަމަށެވެ. އަދި ފަނޑިޔާރު ދީދީގެ ޖަވާބަށް ފަހުވެސް އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެނައުމަށް ކޮމިޝަނަށް ނުފެންނަ ކަމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން ފަނޑިޔާރު ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުމަށް ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ޓެގް

ފަނޑިޔާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.