މަޒުމޫނު އޯގާތެރިކަމުގެ ނަމޫނާ

އޯގާތެރިކަމުގެ ނަމޫނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙުސެއިން ޝަންމާން

އެއްމެހާ މުސްލިމުންނައް ވެސް އެނގިވަޑައިގަންނަވާނެ ފަދައިން މިއުއްމަތުގެ އެއްމެ އޯގާތެރި ބޭފުޅާ އަކީ މި އުއްމަތުގެ އެއްމެ ފަހުގެ ރަސޫލާ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އެވެ. ޢާލަމްތަކައް ރަޙްމަތެއްކަމުގައި ފޮނުއްވި މި ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަކީ އެއްމެހާ އިންސާނުންނަށް ނަމޫނާ ބޭކަލެކެވެ.

އޯގާތެރިކަމުގެ ސިފައަކީ އެއްމެހާ އިންސާނުންގެ ކިބައިގައި ހުންނަންޖެޙޭ މާތް ސިފައެކެވެ. މި ސިފަ އަކީ ހަމައެކަނި ކީރިތި ރަސޫލާ އަށް ދެއްވާފައިވާ ސިފައެއް ވެސް ނޫނެވެ. ނަމަވެސް އެންމެ އޯގާތެރި އިންސާނާ ކަމަށް ތާރީޚްގެ ފަތްފުތް ތަކުގައި ވާނީ ކީރިތި ރަސޫލާގެ ނަންފުޅެވެ.  އެއީ މިއުއްމަތައް ފޮނުއްވެވި ނަމޫނާ ބޭކަލެކެވެ.

ބަނޑުހައި ހޫނުކަމުގައިވާ ފަރާތްތަކަށާއި މުހާތަދުންނަށް ރަޙްމަތުގެ ނަބިއްޔާގެ އޯގާތެރިކަމުގެ ދާވަނިކޮޅު ވަނީ ފަތުރުއްވާލައްވަވާފައެވެ. އެކަލޭގެފާނުގެ އަތްޕުޅަށް ލިބިވަޑައިގަންނަވާ އެންމެހައި ތަކެއްޗެއް މާތް ﷲ ގެ މަގުގައި ހޭދަކުރައްވާ ހުސްކޮއްލައްވަވައެވެ. އަބޫ ހުރައިރާ ރަޟިޔަ ﷲ އަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު ވަރައް ފަޤީރު ނިކަމެތި މީހަކު އިތުރު ސާހިބާގެ އަރިހަށް އައިސް ދެންނެވިއެވެ.

“އަޅުގަނޑު މިވަނީ ބަނޑުހައިވެގެން ގޮސް ހާންތި ވެފައެވެ. އަޅުގަނޑު ބަނޑު ފުރާމުއްތި ކުރާނެ އެއްޗެއް ދެއްވާށެވެ.”

ނަމަވެސް އެރޭ އެކަލޭގެފާނުގެ އަތްޕުޅުގައި ކާއެއްޗެއްނެތުމުން ދެން ރަސޫލާ އެކަލޭގެފާނުގެ މިތުރު ސަހާބީންނަށް މުޚާތަބު ކުރައްވައި ހަދީޘް ކުރެއްވިއެވެ. 

“މިރޭ އޭނާ އައް މެހެމާންދާރީ އަދާކޮއްދެއްވާނީ ތިޔަބައިމީހުންގެ ތެރެއިން ކޮން ބޭކަލެއް ހެއްޔެވެ؟ “

ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމް މިހެން ހަދީޘް ކުރެއްވުމުން އަންސާރުންގެ ބޭކަލެއް އޭނާ އަށް މެހެމާންދާރީ އަދާކުރެއްވުމުގެ މަސްއޫލިއްޔަތު ބޮލުގައި އެޅުއްވިއެވެ.

އާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ ޞައްލައް ﷲ އަލައިހި ވަސައްލަމް ގެ އޯގާތެރިކަން ހުރި މިންވަރަކީ މިއީ އެވެ. ޝައްކެތް ނެތެވެ. މި އުއްމަތުގެ ކައު ސާހިބާ ޞައްލަ ﷲ އަލައިހި ވަސައްލަމް އަކީ އެންމެހާ އިންސާނުންނަށް އޯގާތެރިކަމުގެ ނަމޫނާއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.