ކުޅިވަރު އަޝްފާޤަކީ ހީރޯއެއް ، ޤައުމީޓީމުން ޖާގަދޭން ޖެހޭ – ކުރީގެ ޑިފެންސް މިނިސްޓަރ

އަޝްފާޤަކީ ހީރޯއެއް ، ޤައުމީޓީމުން ޖާގަދޭން ޖެހޭ – ކުރީގެ ޑިފެންސް މިނިސްޓަރ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޝްފާޤަކީ ހީރޯއެއް ކަމަށާއި ޤައުމީޓީމުން އޭނައަށް ޖާގަދޭން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖްލިސް މެމްބަރ އަލްފާޟިލް އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ އޭނާގެ ރަސްމީ ފޭސްބުކުރު އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

އާދަމް ޝަރީފް ، ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލީ އަޝްފާޤު އާއި އެކު ނަންގަވައިފައިވާ ފޮޓޯއަކާއި އެކު ކުރެއްވި މިޕޯސްޓްގައި ވިދާޅުވެފައިވަނީ ފުޓްބޯޅައިން އަދިވެސް ރާއްޖެއަށް ރީތި ނަން ހޯދައިދިނުމުގައި ޢަލީ އަޝްފާޤު ވަރެއް ނޯންނާނެކަމަށެވެ. އެހެންކަމުން އަޝްފާޤަށް ޤައުމީޓީމުން ޖާގަ ލިބެން ޖެހޭކަމަށެވެ.

ކުރިޔަށް އޮތް ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކަށް ގައުމީ ކޯޗު ނެގި 28 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުން ދަގަނޑޭއަށް ޖާގަ ދީފައިނުވާއިރު، އޭނާ ވަނީ މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ފުޓުބޯލަ ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފައެވެ.

ދަގަނޑޭއަށް ގައުމީ ޓީމުން ފުރުސަތު ނުދިނުން ޒާތީ ކަމަކަށް ވަނީ ބެލެވިފައެވެ. އަދި ކޯޗު ބުނާގޮތުންވިއްޔާ ދަގަނޑޭއަށް ޓީމުން ފުރުސަތުދޭ ވަރަށްވުރެ މުސްކުޅިއެވެ.

ޓެގް

އާދަމް ޝަރީފް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.