މަޒުމޫނު މަތިވެރިވި އެ މާތް ނަމޫނާ

މަތިވެރިވި އެ މާތް ނަމޫނާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މަރިޔަމް އީނާޝް ޢަލީ

އާލަމްތަކަށް  ރަހުމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަކީ އަޅުގަނޑުމެން މުސްލިމުން އެއްމެހައި ކަންތައްތަކުގައި ނަމޫނާ އެއް ކަމުގައި ބަލަން ޖެހޭ ޝަޙްޞިއްޔަތެވެ.  އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ކޮންމެ ސަފުހާއަކުންވެސް ފެނިގެންދަނީ ހެޔޮ ޚުލްޤުގެ ރިވެތި ނަމޫނާއެވެ. އިބުރަތްތެރި ދަރުސްތަކެވެ. ދުނިޔެ އާ އާޚުރަތުގެ ބާއްޖަވެރިކަން ހޯދަން އެދޭ މީހާ ޢަމަލު ކުރަން ޖެހޭ ގޮތްތަކެވެ.

ތާރީޚުގެ ޞަފްހާތަކުގައި ކީރިތި މާތް ނަބިއްޔާގެ ރިވެތި ސުލޫކުގެ އެތަކެއް ޙާދިޘާތަކެއް ވަނީ ވަޅުލެވިފައެވެ. އެގޮތުން މިއަދު އަޅުގަނޑު ގަލަމުން މިއުޅެނީ އިތުރު ސާހިބާ ގެ އޯގާތެރިކަމުގެ ނަމޫނާތަކެއް ހުށަހަޅާލުމަށެވެ .

އެނގިވަޑައި ގަންނަވާނެ ފަދައިން އަރަހުށި މާތް ﷲ އެކަލާނގެ ނަބިއްޔާ ސިފަކުރައްވާފައިވަނީ އާލަމްތަކައް ފޮނުއްވި ރަޙްމަތެއްކަމުގައެވެ. ކީރިތި ޤުރުއާނުގައި އެކަލޭގެފާނަށް ދެއްވާފައިވާ މަތިވެރި ލަޤަބުފުޅަކީ “ރަހުމަތުއްލިލް އާލަމީން” ގެ މަތިވެރި ލަގަބުފުޅެވެ. އެހެންކަމުން އެކަލޭގެފާނުގެ އޯގާވެރިކަމުގެ ދާއިރާ ވަނީ ހަތުރުންނާއި މިތުރުންނަށް ޢާއްމުވެ ޝާމިލްވެފައެވެ. ހަމައެހެންމެ ޖަނަވާރުންނާއި ދޫނިސޫފާ ސުއިތްޕާ ގަސްގަހާ ގެއްސައްވެސްމެއެވެ.

ހައްބާރު ބުނުލްއަސްވަދަކީ އިސްލާމްދީނާއި އެދީނުގެ ރިސާލަތު ބަޔާންކޮއްދެވުމައް ފޮނުއްވި މާތް ރަސޫލާގެ ވަރައް ބޮޑު ދުޝްމަނެކެވެ. މުސްލިމުންނައް އަނިޔާކޮއް ދުއްތުރާ ކޮއް އުޅުނު މީހެކެވެ. ރަސޫލާގެ ދަރިކަނބަލުން ޒައިނަބުގެފާނު މަދީނާ އައް ހިޖުރައައް ވަޑައިގަންނަވަނިކޮން އެކަމަނާގެ ޖަމަލައް ހަމަލާދިނީ އޭނާއެވެ. އެވަގުތު އެކަމަނާ ޖަމަލުން ވެއްޓިވަޑައިގެން ވަރައް ބޮޑަށް ހާނިއްކަ ވިއެވެ. ހިޖުރައިން 8 ވަނަ އަހަރުގެ ތެރޭގައި އަވަހާރަވީވެސް އެއާލާސްކަންފުޅުގައެވެ. މައްކާ ފަތަހަ ކުރެއްވި ދުވަހު ކައު ސާހިބާ ހައްބާރުގެ ލޭހުއްދަ ކުރެއްވިއެވެ. ފެނުނު ކއްމެ ތަނަކުން ގަތުލު ކުރުމައް އަމުރު ކުރެއްވިއެވެ.

އެ ޚަބަރު އޭނާއަށް ލިބުމުން އޭނާ ސިއްރިއްޔާތުގައި ތަންވަޅެއްބަލައި ކައުއިތުރު ރަސޫލާގެ އަރިހަށް ވަޑައިގެންނެވިއެވެ. އޭނާއަށް އަމާންދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމައެވަގުތު މާތް ނަބިއްޔާ އޭނާއަށް މަޢާފުކުރެއްވިއެވެ. އޭނާގެ ފަރާތުން ލިބިވަޑައިގެންފައިވާ ތުރާތަކެއް ކުރިކަމުގައިވިޔަސްވެހެވެ. މި ދަންނަވާލެވުނީ ކައުސާހިބާއާއި މުސްލިމުންނަށް ނުހަނު ދުއްތުރާކުރި މީހަކާމެދު އިސްލާމްދީނުގެ ނަބިއްޔާގެ ސުލޫކު ގެންގުޅުއްވި ގޮތެވެ.

މިކަމުން ވެސް ދޭހަ ވަނީ ކީރިތި މާތް ނަބިއްޔާގެ އޯގާތެރި ކަމެވެ. އެކލޭގެފާނަކީ މިއުއްމަތައް ލިބިފައިވާ އަގުބޮޑު ޖަވާހިރެކެވެ. މަތިވެރިވި މާތް ނަމޫނާއެކެވެ.       

ޓެގް

ނަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.