ޚަބަރު

ރިވެލި އެވޯޑު 21 ފަރާތަކަށް ދެއްވައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ދެވޭ ރިވެލި އެވޯޑު 21 ފަރާތަކުން ހާސިލުކުރައްވައިފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރިވެލި އެވޯޑު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފްއެވެ.

މި އެވޯޑު ހާސިލުކުރެއްވި ފަރާތްތަކަކީ:

1. މުޙައްމަދު ރައިޝާން އަޙްމަދު، ހުސްނޫވިލާ/ މ.މުލައް                  

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ 

2. އަލްޙާފިޡު އަޙްމަދު ނަބީހު ޢަބްދުލްޤާދިރު، މާބަގީޗާގެ/ ލ.މާވައް      

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއިން  

3. މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

4. ފާޠިމަތު އިބްރާހީމް، ކާނިމާގެ/ ޅ.ހިންނަވަރު

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

5. އަލްޙާފިޡު ޢަލީ އަމްޖަދު، ރަބީޢު/ ހދ.ކުޅުދުއްފުށި  

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

6. ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް، ވ.އަލުންތިލަ 

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކުގެ ދާއިރާ

7. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް    

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމުގެ ދާއިރާ     

8. ރޭޑިއޯ އެޓޯލް

ދާއިރާ: ނުކުޅެދިންތެރިކަން ހުންނަ މީހުންނާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތަކުން ކޮށްދޭ ޚިދުމަތުގެ ދާއިރާ

9. ޝަފީނާޒް ސަޢީދު، ހީނާމާގެ/ ގއ.ކޮލަމާފުށި      

ދާއިރާ: ފަންނީ ދާއިރާ

10. ރަޙުމާ ޢީސާ، ހ.ފިލްމީ ސައިޓް 

ދާއިރާ: ފަންނީ ދާއިރާ

11. ދިމްނާ ފާކިރު، ގުލްދަސްތާގެ/ ސ.ފޭދޫ  

ދާއިރާ: ފަރުދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާ

12. މޯލްޑިވްސް އޯޓިޒަމް ސެންޓަރ

ދާއިރާ: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާ

13. ނަޙްވާން ޔޫސުފް، ތަންހަޅިއާގެ/ ޅ.ނައިފަރު

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

14. އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ    

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

15. އަބްދުﷲ ޟިޔާއު، ދެވެލި، ސ.މަރަދޫ

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

16. ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް  

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

17. އަޙްމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

18. މަރްޔަމް ލުމައިހާ އާދިލް، މ.ސާނިޔާ

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

19. މުޙައްމަދު ނިޔާފް، ލޫބިޔާ/ ލ.ފޮނަދޫ

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

20. ވަސްމީ ވަޙީދު، ސޯސަންމާގެ/ ބ.ތުޅާދޫ

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

21. ޢަލީ އަމީން، ގ.ރަންރީދޫގެ

ދާއިރާ: ރާއްޖެއަށް އެކި ގޮތްގޮތުން ރީތިނަން ހޯދައި ދެއްވި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާ

ރިވެލި އެވޯޑަކީ ކޮންމެ 2 އަހަރަކުން 1 ފަހަރު ދެވޭ ޤައުމީ އެވޯޑެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close