ޚަބަރު

އެކިއެކި ފަރާތްތަކުގެ ޒާތީ މަޢުލޫމާތުތައް ހާމަ ނުކުރުމަށް މެމްބަރުންގެ ކިބައިން އެދެފި

އަނިޔާލިބިފައިވާ ފަރާތްތަކާއި މައްސަލަތަކުގައި ހެކިބަސް ދީފައިވާ ފަރާތްތަކުގެ ޒާތީ މައުލޫމާތުތައް ބިލްތަކަށް ބަހުސް ކުރައްވާއިރުގައްޔާއި ކޮމެޓީ މަރުޙަލާތަކުގައި ވާހަކަފުޅުދައްކަވާއިރު ހާމަ ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޖިލީހުންގެ މެންބަރުންގެ ކިބައިން އެދެފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިދާރާއިން މިއަދު ބުނީ މަޖިލީހަށް ހުށަހެޅޭ ބިލްތަކާއި އެކިއެކި މައްސަލަތަކުގައި ޖަލްސާ އަދި ކޮމެޓީ ބައްދަލުވުންތަކުގައި މަޖިލީހުގެ މެންބަރުން ވާހަކަދައްކަވާއިރު މައްސަލަތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކުގެ ކަރާމާތާއި އަބުރު ރައްކާތެރިކުރަން ޖެހޭ ކަމަށެވެ. އަދި އެފަރާތްތަކަށް ނުރަށްކަލެއް ކުރިމަތިވެދާނެ ފަރާތްތަކުގެ ކިބައިން ރައްކާތެރި ކުރުމަށްޓަކައި އެފަރާތްތަކުގެ ނަމާއި ޒާތީ މައުލޫމާތު ހާމަ ނުކުރުމަށް މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންގެ ކިބައިން އެދިފައެވެ.

މަޖިލީހުގެ އިދާރާއިން މިފަދައިން އިލްތިމާސްކޮށްފައިވާއިރު ފިލައިގެން އުޅުނު ކުޑަ ކުއްޖާ، އަބްދުﷲ ޝައިމްގެ މައުލޫމާތު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ހިއްސާކުރުމާއި ގުޅިގެން ޢާއްމުންގެ ފާޑުކިޔުންތައް މިނިސްޓަރު ޝިދާތާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close