ޚަބަރު

އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވާ އަނިޔާތަކާއި ގުޅޭ ޕެނަލް ޑިސްކަޝަން އެއް ބާއްވައިފި

“ވޯރލްޑް އެލްޑަރ އެބިއުސް އެވެއަރނަސް ޑޭ” އާއި ގުޅުވައިގެން އެދުވަސްފާހަގަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ފަރާތްތަކަށް ކުރިމަތިވަމުން އަންނަ އެކިކަހަލަ އަނިޔާތަކާއި ގުޅޭ ގޮތުން މުޖުތަމަޢު ހޭލުންތެރި ކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކާއި އެކު މައުލޫމާތު ހިއްސާ ކުރުމުގޮތުން ޕެނަލް ޑިސްކަޝަން އެއް ބާއްވައިފިއެވެ.

ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އޮޑިޓޯރިއަމްގައި މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރިވިސް އާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހެލްތް ސައިންސަސް އާއި ގުޅިގެންނެވެ.

މިއަދު ހެނދުނު 9:00 ގައި ފެށިގެން ދިޔަ މިޑިސްކަޝަންގެ ރިޔާސަތުގައި ތިއްބެވީ ކަމާގުޅުންހުރި ސަރުކާރުގެ އެކިދާއިރާތަކުގެ އިސްބޭފުޅުންނެވެ. އެގޮތުން އެކި ދާއިރާތަކުން 7 ބޭފުޅަކު ބައިވެރިވެފައިވެއެވެ. އެބޭފުޅުންވަނީ މަޢުޟޫއާއި ގުޅޭގޮތުން ޝުޢޫރު ފާޅުކޮށް ޚިޔާލު ހުށަހަޅުއްވާފައެވެ. އަދި ޑިސްކަޝަން އަޑުއެހުމަށް ޙާޒިރުވި ޢާއްމު ފަރާތްތަކުން ކުރި ސުވާލުތަކަށް ޖަވާބުދިނުންވެސް މިޑިސްކަޝަންގައި އޮތެވެ.

ނޫސް ވެރިންނަށްވެސް ދައުވަތުދީގެން ބޭއްވި މި ޕެނަލް ޑިސްކަޝަންއަށްވަނީ ޢާއްމުންގެ ތަރުޙީބު ލިބިފައެވެ.

“ވޯރލްޑް އެލްޑަރ އެބިއުސް އެވެއަރނަސް ޑޭ” ގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 15 ވަނަދުވަހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close