ޚަބަރު އަދީބުގެ ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަދީފި

އަދީބުގެ ބޭސްފަރުވާއަށް ބޭރަށް ދިއުމުގެ ހުއްދަދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބޭސްފަރުވާއަށް ދިޔުމުގެ ހުއްދަ ދިނުމަށް އެދި އެތައް ފަހަރެއްގެ މަތިން ހުށައަޅާފައިވަނިކޮށް މިހާތަނަށްވެސް އެހުއްދަނުދީ އޮވެފައި ކަރެކްޝަނަލް ސަރިވިސަސްއިން އަދީބަށް ބޭރަށްދިއުމުގެ ހުއްދަދީފިއެވެ.

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ދިޔުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދީފައިވަނީ މެޑިކަލްބޯޑްގެ ލަފާގެ މަތިންކަމަށް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

ތިން މައްސަލައެއްގައި އަދީބުގެ މައްޗަށް އިއްވި 33 އަހަރުގެ ޖަލު ހުކުމްތައް މިހާރު ވަނީ ބާތިލްކޮށްފަ އެވެ. އަދި ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، އޭގެ ތެރެއިން ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގިނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި އެ މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.

ޕީޖީ އޮފީހުން ވަނީ ހައިކޯޓްގެ ނިންމުން ސުޕްރީމްކޯޓްގައި އިލްތިމާސްކޮށްފައެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ އެ އޮފީހުން މިހާރު ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ މައްސަލާގައި ގޮތެއް ނިންމުމުން ކްރިމިނަލް ކޯޓުން އަނބުރާ ފޮނުވާލި މައްސަލަތަކާއި މެދު ދެން އަމަލުކުރަންވީ ގޮތެއް ސާފުވެގެންދާނެކަމަށެވެ. އަދި ހައިކޯޓުން އަދީބާއި ގުޅުން ހުރި މައްސަލަތައް ބާތިލުކުރި އިރު އެކަމުގައި ސުވާލު އުފެދޭކަންކަން އެބަހުރިކަމަށެވެ.

ޓެގް

އަދީބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.