ޚަބަރު

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މޯދީއަށް އަލަވަދާއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްދު ޞާލިޙްއެވެ.

ދެވަނަ ދައުރަކަށް އިންތިޚާބު ވެޑައިގަތުމަށްފަހު ޤައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި މޯދީ ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައިއެވެ.

މޯދީ ގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި 6 އެއްބަސްވުމެއްގައިވަނީ ސޮއިކޮށްފައެވެ. މީގެއިތުރުން ދިވެި ސަރުކާރުން ބޭރުގެ އިއްޒަތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް ވަނީ އަރުވާފައެވެ. އަދި ރާއްޖޭގެ ރައްޔޔިތުން މަޖްލީހުގައި މޯދީ ވަނީ ތަގުރީރުކުރައްވާފައެވެ.

މޯދީގެ މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ވަނީ ބާއްވާފައެވެ. އަދި އޭގެ އިތުރުން ނާއިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުން މަޖިލީހުގައި ރައީސް ރައީސް މުހައްމަދު ނަޝީދާވެސް މޯދީ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހިމް އާއިވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close