ޚަބަރު މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޖުމްހޫރީ މައިދާނުގައި

މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ ޖުމްހޫރީ މައިދާނުގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާލެ ވަޑައިގަންނަވާނީ މާދަމާގެ މެންދުރު ފަހުގެ ވަގުތެއްގައިކަމަށެވެ. އަދި މޯދީއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމާ ހަވީރު 16:00 ގައި ޖުމްހޫރީ މައިދާނުގައިކަމަށ ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ

މޯދީގެ ދަތުރުފުޅާއި ބެހޭ މައުލޫމާތު ނޫސްވެރިންނަށް ހިއްސާކުރައްވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލް ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް މާދަމާ ކުރައްވާ ދަތުރުފުޅުގައި 5 ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރައްވާނެކަމަށެވެ.

އަދި މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއި ދެމެދު އެކުލަވާލެވޭ ކޯސްޓަލް ރާޑަރ ސިސްޓަމް އިފްތިތާހު ކުރުން އޮންނާނެކަމަށްވެސް ޚަލީލު ވިދާޅުވިއެވެ.

ރާއްޖެއާއި އިންޑީއާ ސަރުކާރާއި ދެމެދު ފަސް ދާއިރާއަކުން 6 އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާއިރު އޭގެތެރޭގައި ސިވިލް ސާރވިސް މުވައްޒަފުން ތަމުރީނު ކުރުމާއި ބެހޭ އެއްބަސްވުމަކާއި ކަސްޓަމްސް ދާއިރާ އިން އެކުލަވާލެވޭ އެއްބަސްވުމަކާއި ދިވެހި ޒުވާނުން ހުނަރުވެރިކަން އިތުރުކުރުމަށް ވެވޭ އެއްބަސްވުމެއް ހިމެނޭކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

މީގެއިތުރުން ރާއްޖެއިން ކޮޗިންނަށް ފެރީގައި ދަތުރުކުރަން ފެށުމުގެ ގޮތުން އެކުލަލާވާ އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. މި އެއްބަސްވުމުގެ ދަށުން މާލެ އާއި ކުޅުދުށްފުށިން ކޮޗިންނަށް ދަތުރުކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ޓެގް

މޯދީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.