ޚަބަރު މީޑިއާގައި ދަރުވާ ވީޑިއޯއަކީ މާކުރީގެ ވީޑިއޯއެއް – މިނިސްޓްރީ

މީޑިއާގައި ދަރުވާ ވީޑިއޯއަކީ މާކުރީގެ ވީޑިއޯއެއް – މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ، ކުޑަކުދިންގެ ހިޔާ ގައި ދިރިއުޅޭ ކުދިންތަކެއް އެ މަރުކަޒުގެ އިމާރާތަށް އަރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ އަކީ ކުރިން މީޑިއާއިން ގެނެސްދީފައިވާ ވަރަށް ކުރީގެ ހާދިސާ އެއްކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުއްވި އެސްއެމްއެސްގައި އެމިނިސްޓްރީން އިތުރަށް ވިދާޅުވެފައިވަނީ  މާ ކުރިން ހިނގާފައިވާ މި ފަދަ ހާދިސާ ތަކުގެ ފޮޓޯ އާއި ވީޑިއޯ ބޭނުންކޮށްގެން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންތަކެއް ގެ ހައްޤަށާއި ކަރާމާތަށް އުނިކަން އަތުވެދާނީ އެފަދަ އަމަލުތައް ނުހިންގުމަށް އެއްމެހައި ފަރާތްތަކަށް އިލްތިމާސް ކުރައްވާކަމަށެވެ.

މީސްމީޑިއާގައި ފެތުރެމުންދާ ވީޑިއޯ އިން ފެންނަނީ ކުޑަ ދެކުދިން އިމާރާތެއްގެ ފަސްޓްފްލޯގެ ބެލްކަނިން ކުޑަދޮރަކަށް އަރާމަންޒަރެވެ. އަދި އެމަންޒަރު ބަލަން ފުލުހަކު ހުންނަތަންވެސް މިވީޑިއޯއިން ފެނެއެވެ.  

މިވީޑިއޯ މިހާރުވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.

ޓެގް

ޖެންޑަރމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.