ޚަބަރު

މާލޭގެ މަގުތަކުގައި ސިގިރޭޓް ބުއިން މަނާކުރަން ފާސްކޮށްފި

މާލޭގެ މަގުތަކުގައި ސިގިރޭޓް ބުއިން މަނާކުރަން މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ކައުންސިލް ބައްދަލުވުމުގައި މިކަން މިގޮތައް ކުރުމަށް މިހާރު ފާސްކޮށްފައިވާކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މެމްބަރ ހުސައިން ޝަރީފް ވިދާޅުވިކަމަށް ޕީއެސްއެމް ނިއުސް އޮންލައިންގައިވަނީ މިގޮތަށް ފާސްކުރިނަމަވެސް މިކަން ކުރުމަށް އެކުލަވާލާ ޤަވާޢިދަށް ޢަމަލުކުރަން ފަށާނީ އެޤަވާޢިދު ޢާއްމުކުރާތާ ހަމަސްދުވަސް ފަހުންކަމަށެވެ.  މާލޭ ސިޓީކައުންސިލުން މިގޮތަށް ނިންމަވާފައިވަނީ މަގުތަކުގައި އެއްވެސް ބަލާލުމެއްނެތި ސިނގިރޭޓު ބުއިމުގެ ސަބަބުން މަގުތަކުގައި ހިނގާ ބިނގާވެއުޅޭމިހުންނަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހިފައިވާތީ އެކަމަށް ޙައްލެއް ގެނައުމުގެގޮތުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ބޯމީހުން ދޫކޮށްލާ ވިހަ ދުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ބަލިމީހުންނާއި ކުޑަކުދިންނާއި މާބަނޑު މީހުންނަށް ގިނަގުނަ ގެއްލުންތައް ވަމުންދާކަމަށާ، އެކަމުގެ ޝަކުވާ ވަރަށްބޮޑުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލަށް ގިނަ ބަޔަކު މިކަމުގެ ޝަކުވާ ހުށަހަޅަމުންދާތީ އެކަމަށް ހައްލެއް ގެނައުމުގެގޮތުން މާލޭގެ މަގުތަކުގައި ސިނގިރޭޓުބުއިން މަނާކުރުމަށް ސިޓީކައުންސިލުން ފާސްކުރީކަމަށްވެސް އެކައުންސިލުން މަޢުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close