ޚަބަރު

ނ. މާފަރު އެއަރޕޯޓަށް މުވައްޒަފުން ހޯދަނީ

ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފިއެވެ. 27 މާޗް 2019 ގައި ކޮށްފައިވާ މިއިޢުލާންގައިވާގޮތުން ޖުމްލަ 30 މުވައްޒަފުން ބޭނުންވެއެވެ. މި އިއުލާން ވަނީ ސަރުކާރުގެ ގެޒެޓުގައިވެސް ޝާއިޢުކޮށްފައެވެ.

އިޢުލާންކޮށްފައިވާ މަޤާމުތަކަކީ:

  • އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ
  • އެސިސްޓެންޓް އެއަރފީލްޑް ޓެކްނީޝަން
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ
  • އެސިސްޓެންޓް އެކައުންޓްސް އޮފިސަރ
  • އެސިސްޓެންޓް ފަޔަރ ފައިޓަރ
  • ޑްރައިވަރ
  • ލައުންޖް ހޯސްޓް ސޭފްޓީ އޮފިސަރ މި މަޤާމުތަކެވެ.

މި ވަޒީފާތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ އޭޕްރީލް 7 ވަނަ ދުވަހުގެ 14:00 އެވެ. 
މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަސްތެރޭގައި އިންޓަރވިއު ބޭއްވޭނެއެވެ. އިންޓަވިއު އޮންނާނީ ނ.މާފަރު އެއާރޕޯޓް ގައެވެ.

ވަޒީފާއަށްއެދޭ ފޯމް ހުށައަޅުއްވާނީ ރީޖަނަލް އެއަރޕޯޓްސް އަށެވެ. އަދި އީމެއިލްގެ ޒަރީޢާއިން ހުށަހަޅުއްވާނަމަ،  [email protected] އަށެވެ، ވަޒީފާއަށް އެދޭ ފޯމު ރީޖަނަލް އެއަރޕޯޓްސް ގެ ކައުންޓަރ/ވެލާނާގެ 11 ވަނަފަންގިފިލާ އިން ލިބެން ހުންނާނެކަމަށްވެސް މިއިއުލާންގައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close