ޤަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގައި އަލުން ސްޓިކާ ޖަހަންފަށައިފި
ޤަވާއިދާ ޚިލާފަށް ޕާކްކުރާ އުޅނދުތަކުގައި އަލުން ސްޓިކާ ޖަހަންފަށައިފިއެވެ. ފުލުހުން ހާމަކުރިގޮތުގައި ޤަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން ފަރާތްތަކަށް އެކަމުގެ ސަބަބުން ދަތިތަކާކުރިމަތިވެ އެކަމުގެ ޝަކުވާ އިތުރުވަމުންދާތީ މިއަދުންފެށިގެން ވަކި ސަރަޙައްދުތަކެއްގައި ޕާކްކުރާ އުޅަނދުތަކުގައި ޕާކިންގ ވަޔަލޭޝަން ސްޓިކާ ޖަހަމުންދާނެ ކަމަށެވެ. އެސަރަހައްދު ތަކަކީ:
- މިސްކިތްތައް ކައިރި
- ކަފިހި ހުރަސްތަކާއި ދުވާރުތައް ކައިރި
- ގޯޅިތަކުގެ ކަންމަތި
- ސްކޫލްތައް ކައިރި
- ހޮސްޕިޓަލްތައް ކައިރި
- ބޭންކްތައް ކައިރި
- ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާފައިވާ ސަރަހައްދު
- ފުލުހުންގެ ކޯން/ބެރިކޭޑް ބަހައްޓާފައި ހުންނަ ސަރަހައްދު
- ޑަބަލް ލައިން ދަމާފައި ހުންނަ ސަރަހައްދު
މިސަރުކާރުން ވެރިކަމާ ހަވާލުވެ މިދިޔަ ޖެނުއަރީ މަހު ވަނީ ސްޓިކާ ޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފަ އެވެ.



މިސަރުކާރުން ވެރިކަމާ ހަވާލުވެ މިދިޔަ ޖެނުއަރީ މަހު ވަނީ ސްޓިކާ ޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ. މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކިން މައްސަލައަށް ހައްލު ނުހޯދައި ސްޓިކާ ނުޖަހާނެ ކަމަށް ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވިދާޅުވެފަ އެވެ. ދެން ފުލުހުން ކޭކޭތޯ މިކިޔަނީ … ފުލުހުންނާ ސަރުކާރާ ޖެހުނީބާ؟