ޚަބަރު

”ޔޫޓޫޖޭ އެކަޑަމީ ފިއެސްޓާ 2019 “ ނިންމުމުގެ ރަސްމިއްޔަތަށް ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްޣަނީ

ޔޫޓޫޖޭ އެކަޑަމީގެ  ”ޔޫޓޫޖޭ ފިއެސްޓާ 2019 “  ގެ ފުޓްބޯޅަ ހަރަކާތް ނިންމުމުގެ ރަސްމިއްޔަތަށް ގޯލްޑް ކެޕްޓަން އައްސަދު އަބުދުލްޣަނީ ގެންނަން ނިންމައިފިއެވެ. ޔޫތުން ފުޓްބޯޅަ ކެރިއަރު ފަށައި ވެލެންސިއާ އާއި ނިއުގެ ކެޕްޓަންކަން ކުރި އައްސަދަށް ގައުމީ ޓީމުގެ ކެޕްޓަންކަން ލިބުނީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން މެދުނުކެނޑި ހަ އަހަރު ގައުމީ ކެޕްޓަކަންކުރި އިރު އޭނާ އަކީ ދިވެހި ގައުމުގެ ހަމައެކަނި ގޯލް ކެޕްޓަނެވެ. ފުރަތަމަ ފަހަރަށް ފުޓްބޯޅައިން ރާއްޖެއަށް ތައްޓެއް ހޯދައިދިން ކެޕްޓަންކަމުގެ ފަހުރާއި ޝަރަފް އޭނާ އަށް ލިބުނީ 2008 ވަނަ އަހަރު ލަންކާ އާއި ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ގައުމީ ޓީމު އުފުލާލުމުންނެވެ.

ޔޫޓޫޖޭ އެކަޑަމީގެ  ”ޔޫޓޫޖޭ ފިއެސްޓާ 2019 “  މިހަފްތާގައި ފެށިގެން ވަރަށް ފޯރިޔާއެކު ދަނީ ކުރިއަށެވެ. ފުޓްބޯޅައިގެ އިވެންޓް ނިމޭނީ 16 ފެބްރުއަރީ 2019 ވާ ހޮނިހިރު ދުވަހުއެވެ.

ޔޫޓޫޖޭ އެކަޑަމީގެ  ”ޔޫޓޫޖޭ ފިއެސްޓާ 2019 “  ގެ ކޯޑިނޭޓަރ އަލްފާޟިލް އަބުދުއްﷲ ނާޝިދު (ނާއްޕޭ) ނާރެސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިފިއެސްޓާރ ވެގެން ދަނީ ލަންދޫގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު އީދުކަމަށާއި ފެށުމާއި ނިންމުންވެސް ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.

” މިހަރަކާތް ރަގަޅު ކުރުމަށް މިދަނީ ތަފާތު މަސައްކަތް ކުރަމުން. އިރަދަ ކުރެއްވިއްޔާ ނިންމުމުގެ ރަސްމިއްޔާތުގައި ގޯލްޑް ކެޕްޓަން އައްސަދު އަބުދލްގަނީ ބައިވެރިވާނެ. އޭގެ އިތުރުން ނ.އަތޮޅުގައި ތިއްބެވި ފުޓްބޯޅައިގެ ލެޖެންޑްއިންނާއި ލަންދޫގެ އެކި މުވައްސަސާ ތަކުގެ އިސްވެރިން މިހަރަކާތުގައި ބައިވެރިވަނެ ” ކަމަށް ނާޝިދު ވިދާޅުވިއެވެ.

ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓާއަކީ ކުޑަކުދިންގެ ހިތްތަކުގައި ކުޅިވަރަށް ލޯބިއިތުރުކޮށް ޚާއްޞަގޮތެއްގައި ފުޓްބޯޅަ އާއި ނެޓްބޯޅައިގެ ލޯބި ޖެއްސުމަށާއި އޭގެ ފޯރި ކުދިންގެ ކިބައިގައި އާލާކޮށް އެއް މާހައުލެއްގައި ގިނަ ކުދިބަޔަކަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް އެ އެކަޑަމީ  އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

ޔޫޓޫޖޭ ފިއެސްޓާ 2019 ” އަކީ ވަރަށް ގިނަފަރާތްތަކެއްގެ އެހީތެރިކަމާއި އެކު ކުރިއަށްދާ ހަރަކާތެކެވެ. އެގޮތުން ހެޕީމާކެޓާއި، ނިއުވިއު އާއި ، ދިރާގާއި، ތަރުތީލުލް ޤުރުއާން އިންސްޓިޓިއު ( ޓީ ކިއު އައި ) އާއި، ލަންދޫ ކުޑާމާޓާއި، ލަންދޫ ހިތްވަރު ކާޕެންޓްރީއާއި، އަދި ލަންދޫ ސްކޫލާއި، ލަންދޫ ކައުންސިލް ފާހަގަ ކޮށްލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close