ޚަބަރު ޓީ.ކިޔު.އައިގެ ދެވަނަ ބަންގިގޮވުން އަދި ޚުޠުބާ ކިޔުމުގެ މުބާރާތް ސްޕޮންސަރ ކުރުމަށް ފުރުޞަތު ހުޅުވާލައިފި

ޓީ.ކިޔު.އައިގެ ދެވަނަ ބަންގިގޮވުން އަދި ޚުޠުބާ ކިޔުމުގެ މުބާރާތް ސްޕޮންސަރ ކުރުމަށް ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫގައި ހިންގަމުން އަންނަ ތަރްތީލުލް ޤުރްއާން އިންސްޓިޓިއުޓުގެ ދެވަނަ ބަންގިގޮވުން އަދި ޚުޠުބާ ކިޔުމުގެ މުބާރާތް ސްޕޮންސަރ ކުރައްވަން އެދޭ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ މުބާރާތުގެ އެކިއެކި މަޤާމުތަކަށް އިނާމު ހުށަހަޅުއްވަން ބޭނުންވެލައްވާ އެންމެހާ ފަރާތްތަކަށް އެ ފުރުޞަތު އިއްޔެ ހުޅުވާލައިފިއެވެ.

އިއްޔެ އެ އިންސްޓިޓިއުޓުން ކުރި އިޢުލާނުގައިވަނީ މުބާރާތް ސްޕޮންސަރ ކުރައްވަން އެދޭފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށެވެ. އެގޮތުން އެކަމަށް އެދިލައްވާ ފަރާތްތަކުން 28 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އިންސްޓިޓިއުޓަށް ސިޓީއަކުން އެކަން ހުށަހެޅުއްވުމަށެވެ.

އަދި މުބާރާތުގެ އެކިއެކި މަޤާމްތަކަށް އިނާމު ހުށަހަޅުއްވަން ބޭނުންވެލައްވާ ފަރާތްތަކުންވެސް 3 މާރިޗު 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެ އިންސްޓިޓިއުޓަށް އިނާމު ހުށަހެޅުއްވުމަށެވެ.

ނާރެސް އަށް މަޢުލޫމާތު ލިބޭގޮތުގައި 22 މާރިޗު 2019 ވަނަ ދުވަހު އޮންނަ މި މުބާރާތުގައި އެ އިންސްޓިޓިއުޓުގެ 18 ފިރިހެން ދަރިވަރަކު ވަނީ ބައިވެރިވެފައެވެ. އަދި ކޮންމެ ހުކުރުދުވަހަކު މުބާރާތަށް ފަރިތަކުރުމުގެ ކުލާސްތައްވެސް ކުރިޔަށްދާކަމަށް މަޢުލޫމާތު ލިބެއެވެ.

2018 ވަނަ އަހަރުވެސްވަނީ އެ އިންސްޓިޓިއުޓުގެ ފުރަތަމަ މުބާރާތް ވަރަށް ކާމިޔާބުކަމާއިއެކު ނިންމާލައިފައެވެ.

ޓެގް

އިންސްޓިޓިއުޓް އޮފް ތަރްތީލުލް ޤުރްއާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.