ޚަބަރު

ޔޫޓޫޖޭ އެކަޑަމީގެ “ޔޫޓޫޖޭ ފިއެސްޓާ 2019” ފަށައިފި

ޔޫޓޫޖޭ އެކަޑަމީގެ “ޔޫޓޫޖޭ ފިއެސްޓާ 2019 ” ނ.ލަންދޫގައި މިއަދު ފަށައިފިއެވެ. ޔޫ ޓޫ ޖޭ އެކަޑަމީ ފިއެސްޓާއަކީ ކުޑަކުދިންގެ ހިތްތަކުގައި ކުޅިވަރަށް ލޯބިއިތުރުކޮށް ޚާއްޞަގޮތެއްގައި ފުޓްބޯޅަ އާއި ނެޓްބޯޅައިގެ ލޯބި ޖެއްސުމަށާއި އޭގެ ފޯރި ކުދިންގެ ކިބައިގައި އާލާކޮށް އެއް މާހައުލެއްގައި ގިނަ ކުދިބަޔަކަށް ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް އެ އެކަޑަމީ  އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތެކެވެ.

ޖުމުލަ 190 ދަރިވަރުންނާއެކު މިއަދު ފެށި  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ފައްޓަވައިދެއްވީ ލަންދޫގެ އެންމެއިސް މުއައްސަސާތަކުގެ ވެރިންނާއި، އެތަންތާންގެ އެންމެ އިސްމުވައްޒަފުން ހިމެނިގެން އެކުލަވާލެވިފައިވާ ޝަރަފްވެރިންގެ ޓީމަކުންނެވެ. އެގޮތުން 5 މުއައްސަސާއެއްގެ ބޭފުޅުން  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ބައިވެރިވެލެއްވިއެވެ.

“ޔޫޓޫޖޭ ފިއެސްޓާ 2019 ” މިއަދު ހަވީރު ފަށާފައިވާއިރު 3 ކެޓަގަރީއަކަށް ވަނީ އަންހެންފިރިހެން ދަރިވަރުން ބަހާލައިފައެވެ. އެގޮތުން ދެޖިންސުންވެސް 3 ލެވެލްއަކަށް ކުދިންތައް ބަހާލައިފައިވެއެވެ. އެއީ ލެވެލް 1 ، 2 އަދި 3 އެވެ.

ގުޅުންހުރި ލިޔުންތައް

ފުޓްބޯޅައާއި، ނެޓްބޯޅައިގެ މެޗްތައް ކުޅުމަށް  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ޚާއްޞަކުރެވިގެންދާއިރު މިއަދު ފިއެސްޓާ ފެށުމުގެ ގޮތުން ކުޅެފައިވަނީ ފިރިހެންކުދިންގެ ލެވެލް 1 އަދި 2 ގެ ފުޓްބޯ ދެ މެޗެވެ. ލެވެލް 1 ގެބައިގައި ކުޅުނީ ގްރީން ޓީމާއި، ބުލޫޓީމެވެ. މިމެޗްނިމުނީ 1-1 ން އެއްވަރު ވެގެންނެވެ. ދެވަނަ މެޗްގައި ބައްދަލުކުރީ ލެވެލް 2 ގެ ރެޑްޓީމާއި، ބުލޫޓީމެވެ. މިމެޗް 2-1 ން ކާމިޔާބުކުރީ ބުލޫޓީމެވެ.

މެޗްނިމުމުން ދެމެޗްގެވެސް އެންމެ މޮޅުކުޅުންތެރިންނަށް ޓްރޮފީއާއި، ހަނދާނީ ލިޔުން ދިނުންއޮތެވެ. ޓްރޮފީއާއި، ހަނދާނީ ލިޔުން ކުޅުންތެރިންނާއި ޙަވާލުކޮށްދެއްވީ މިއަދުގެ މެޗްގެ ޝަރަފްވެރިމެހްމާން ހެޑް އޮފް ލަންދޫސްކޫލް އަލްފާޟިލް ޢަބުދުﷲ ޢާމިރެވެ.

ގިނަޢަދަދެއްގެ ބެލެނިވެރިންނާއި، ޢާއްމުންވެސް  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ގެ ފެށުމުގެ ރަސްމިއްޔާތަށް މިއަދު ހަވީރު ހާޒިރުވެފައިވާއިރު ރަސްމިއްޔާތުގައި ޔޫޓޫޖޭގެ ދެ ބާނީންކަމުގައިވާ ޔޫސުފު ޢަބުދުއްރަހީމް ، ރޮއިޓަސް ނ.ލަންދޫ އާއި، ޙުސެއިން ޖަވާދު ،ހީނާވިލާ ދެބޭފުޅުންވެސް ވާހަކަ ދެއްކެވިއެވެ.

ދެބޭފުޅުންގެ ވާހަކައިގައިވެސް ޔޫޓޫ ޖޭއަށް އެކިގޮތްގޮތުން އެހީތެރިކަން ދެއްވި ފަރާތްތަކުގެ ނަންތައް ފާހަގަކުރައްވާ އެކަޑަމީގެ ނަމުގައި ޝުކުރުއަދާކުރެއްވިއެވެ. އެގޮތުން  “ޔޫޓޫޖޭ ފިއެސްޓާ 2019 ” އަށް ސްޕޮންސަރ ދެއްވައި ފައިސާގެ އެހީތައް ވެދެއްވި ފަރާތްތައް ކަމުގައިވާ ހެޕީމާކެޓާއި، ނިއުވިއު އާއި ، ދިރާގާއި، ތަރުތީލުލް ޤުރުއާން އިންސްޓިޓިއު ( ޓީ ކިއު އައި ) އާއި، ލަންދޫ ކުޑާމާޓާއި، ލަންދޫ ހިތްވަރު ކާޕެންޓްރީއާއި، އަދި ލަންދޫ ސްކޫލާއި، ލަންދޫ ކައުންސިލްގެ ނަންފާހަގަކުރައްވާ އެތަންތާންގެ އިސްވެރިން ވެދެއްވި އެހީތައް ފާހަގަކުރެއްވިއެވެ. އަދި ޔޫޓޫޖޭގެ ސްޓާފުންގެ ޓީމާއި  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ގެ އިވެންޓް ކޯޑިނޭޓަރ ފެނަކަ ލަންދޫ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ އަލްފާޟިލް ޢަބުދުﷲ ނާޝިދުގެ ނަން ، އެކަޑަމީގެ ފައުންޑަރ ޔޫސުފު ޢަބުދުއްރަހީމް ( ޔޫއްޓޭ ) ޚާއްޞާގޮތެއްގައި ފާހަގަކުރެއްވިއެވެ.

މިދިޔައަހަރުގެ ޖޫންމަހު ރެޖިސްޓްރީކުރި ޔޫޓޫޖޭ އެކަޑަމީ އިން މިއަދު ފެށި  “ޔޫޓޫޖޭ ފިއެސްޓާ 2019 ” އަކީ ފެންވަރު ރަނގަޅު ހުރިހާ ގޮތަކުންވެސް ބެލެނިވެރިންނާއި، ދަރިވަރުންނާއި، އަދި ޢާއްމުން ބަލައިގަންނަ ފިއެސްޓާއެއްކަމަށް ގިނަބަޔަކު ބުނެއެވެ. ފިއެސްޓާއަށް ފައިސާގެ ބޮޑެތި އެހީތައް އެކި ކުންފުނިތަކުން ވެދީފައިވާއިރު ފިއެސްޓާގައި ބައިވެރިވާ ހުރިހާ ކުދިންނަށް ވަނީ ހިލޭ ޖަރޒީ އާއި ބިބްސްއާއި، އަދި ކުޅޭނެ ބޯޅައާއި، އެހެނިހެންސާމާނު އެކަޑަމީގެ ފަރާތުން ހޯދައިދީފައެވެ. އަދި އިވެންޓް ހިނގަމުން ދިޔައިރު ފެނާއި، އިންޓަވަލްގެ ކަންތައްވެސްވަނީ ވަރަށް ފުރިހަމައަށް އެކަޑެމީގެ ފަރާތުން ކުރިއަށް ގެންގޮސްފައެވެ.

މިއަދުގެ އިވެންޓް ނިންމާލަމުން އެކަޑެމީއިން ބުނީ  “ޔޫޓޫޖޭ ފިއެސްޓާ 2019 ” ގެ ކުޅިވަރުތައް ހަފްތާއަކަށް ދިގުދެމިގެން ދާނެކަމަށާއި، ކޮންމެ ދުވަހަކުވެސް ކުޅިވަރުތައް އޮންނާނީ ލަންދޫ ގައި އޮންނަ ސްޕޯޓްސް އެރީނާ ސަރަޙައްދުގައި ކަމުގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close